ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) ގެ ވަދާއީ ޝޯވތައް މިރޭ ފަށާނެކަމަށް ބުނެފިއެވެ.

މި ޝޯވތައް މިރެއާއި މި މަހުގެ 18 އަދި 19 ގައި ކަމަށް ޝައި ސްޓޫޑިއޯއާއި ސެޓާން ސްޓީޑިއޯ އިން ބުނެއެވެ.

މި ފިލްމުގެ ޓިކެޓު ބޭނުން ފަރާތްތަކުން 7743399 އިން ވައިބަރ ކުރުމުން އެ އިންތިޒާމު ހަމަޖެހޭނެކަމަށް ވެސް އެ ދެ ސްޓޫޑިއޯ އިން ބުނެއެވެ.

ދިވެހި ފިލްމީ ދާއިރާގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމްތަކުގެ ތެރޭގައި ނޯޓީފޯޓީ، ފޯޓީ ޕްލަސް ފަދަ ހިޓް ފިލްމްތައް ހިމެނެއެވެ.

މ. މުލަކުގައި ޝޫޓުކޮށްފައިވާ މި ފިލްމަކީ ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ ވާހަކައަކަށް އުފައްދާ، މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް މުހިންމު ރޯލުތަކުން ފެނެއެވެ. އަދި ފުބޫ، ޝިފާ، ޑޯރާ، އަމަން، ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އާއި ހާމިދު ފަދަ ކުޅަދާނަ އެކްޓަރުން ވެސް ހިމެނެއެވެ.

މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެފަދަ ދެވަނައެއް ނުވާ ކެމެރާމަން، އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާ އަދި ޔޫއްޕެ ޕްރޮޑަކްޝަނުންނެވެ.