އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ "ދަ ޓްރަމްޕް އޯގަނައިޒޭޝަން" އިން މާލެ އަތޮޅުގައި މަތީ ފަންތީގެ ރިސޯޓެއް ތަރައްގީކުރަން ނިންމައިފިއެވެ.

"ދަ ޓްރަމްޕް އޯގަނައިޒޭޝަން" ގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނީ، ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރު ޑާ ގްލޯބަލް އާ ގުޅިގެން ރާއްޖޭގައި ޓްރަމްޕް އިންޓަނޭޝަނަލް ހޮޮޓެލް މޯލްޑިވްސް ތަރައްގީކުރަން ނިންމާފައިވާ ކަމަށާއި އެ މަޝްރޫއަކީ، ދުނިޔޭގެ ފުރަތަމަ ޓޯކަނަލައިޒްޑް ހޮޓެލް މަޝްރޫއު ކަމަށެވެ.

ރިއަލް އެސްޓޭޓްގައި ޓޯކަނައިޒޭޝަން އަކީ އާންމު ގޮތެއްގައި ބްލޮކްޗެއިންގައި ޕްރޮޕަޓީ މިލްކުވެރިކަން ޑިޖިޓަލް ޓޯކަންއަކަށް ބަދަލުކުރުމެވެ. ރިއަލް އެސްޓޭޓް ޓޯކަނައިޒޭޝަންގައި އާންމުކޮށް ތަރައްގީކޮށް ނިމިފައި ހުރި ޕްރޮޕަޓީތައް ހިމެނޭއިރު، ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް ތަރައްގީ ކުރުމުގެ މަރުހަލާގައި ޓޯކެންކޮށް، އިންވެސްޓަރުންނަށް ހައި ގްރޯތު، ޕްރިމިއަމް ރިއަލް އެސްޓޭޓް ޕްރޮޖެކްޓެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޑާ ގްލޯބަލް އިން ބުނެ އެވެ.

މާލެއިން ފުރައިގެން ލޯންޗުކޮޅުން 25 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީކުރާ ޓްރަމްޕް ހޮޓެލް މޯލްޑިވްސްގައި 80 އަށްވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗް އަދި އޯވާ ވޯޓާ ވިލާ ހުންނާނެ އެވެ. އެ ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

"ޑާ ގްލޯބަލްއާ ގުޅިގެން ޓްރަމްޕްގެ ބްރޭންޑް ރާއްޖެ ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮޖެކްޓްގެ ސަބަބުން އެ ސަރަހައްދުގައި ލަގްޒަރީއަށް އާ މާނައެއް ދިނުމުގެ އިތުރުން ޓޯކެން މެދުވެރިކޮށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ އާ މިންގަނޑެއް ގާއިމް ކުރެވިގެންދާނެ" ޓްރަމްޕް އޯގަނައިޒޭޝަންގެ އީވީޕީ އެރިކް ޓްރަމްޕް ވިދާޅުވިއެވެ،

ޑާ ގްލޯބަލްގެ ސީއީއޯ ޒިއާދު އެލް ޗާރް ވިދާޅުވީ، އެ ކުންފުނިން އަންނަނީ ދުނިޔޭގެ ފެންވަރުގެ މަންޒިލްތައް ތަރައްގީ ކުރުމާއި އާ އިންވެސްޓްމަންޓް ސްޓްރަކްޗާތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި "ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް" އަކީ ލަގްޒަރީ، އީޖާދީ އަދި ޓެކްނޮލޮޖީ އެއްކޮށްލައިގެން ހޮސްޕިޓާލިޓީއަށް ދުނިޔެ އިންވެސްޓް ކުރާ ގޮތް ބަދަލުކޮށް، ދުނިޔޭގެ ފުރަތަމަ ފަހަރަށް ހޮޓެލް މޯލްޑިވްސް ތަރައްގީ ކުރުން ކަމަށެވެ. 

ޒިއާދު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ސަބަބުން ޑާ ގްލޯބަލްގެ މަޝްހޫރުކަން އިތުރަށް އިތުރުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އޯގަނައިޒޭޝަންގެ ލެގަސީ އޮފް އެކްސެލެންސް ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލްތަކުގެ ތެރޭގައި ހިމޭނެ ކަމަށެވެ.