އުމްރާއަށް ގޮސް އުޅެނިކޮށް އެކްސިޑެންޓުވެ މަރުވި އިންޑިއާގެ 42 މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ 18 މީހުން ހިމެނޭ ކަމަށް އެންޑީޓީވީން ބުނެފިއެވެ.

އެ އާއިލާއާ ހަވާލާދީ އެންޑީޓީވީން ބުނީ އޭގެ ތެރޭގައި ނުވަ ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ. 

އެކްސިޑެންޓުގައި މަރުވި މީހުންގެ އާއިލާގެ މެންބަރެއް ކަމަށްވާ މުހައްމަދު އާސިފް އެންޑީޓީވީއަށް ބުނީ ބަސް އެކްސިޑެންޓުވީ މެންދަމުން އަލިވެ 1:30 ހާއިރު ކަމަށާއި ތެޔޮ ޓޭންކަރެއްގައި ޖެހުމާ އެކު ބަހުގައި އަލިފާން ރޯވީ ކަމަށެވެ.

ހޮނިހިރު ދުވަހު އެނބުރި އިންޑިއާއަށް އައުމަށް ތައްޔާރުވަމުން ދިޔަ އާއިލާއާ ބަރާބަރަށް ވާހަކަ ދައްކަމުން ދިޔަ ކަމަށް ވެސް 

އެކްސިޑެންޓުގައި މަރުވި 42 މީހުންގެ ތެރޭގައި ގިނައީ ހައިދަރްއާބާދު މީހުންނެވެ.

އެ މީހުން ދަތުރުކުރި ބަސް ޑީސަލް ޓޭންކަރެއްގައި ޖެހި އެކްސިޑެންޓުވީ މަދީނާއާ 30 ކިލޯމީޓަރު ދުރުންނެވެ.