މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 18 އަހަރުގެ އަންހެނަކު "ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް" ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރީ ހ. ފޯސީޒަން، އުމުރުން 19 އަހަރުގެ އަހުމަދު އާހިލް މުނާޒު ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އަންހެން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއްވެސް ބުނެފައެއް ނުވެއެވެ.