ނިދުމަކީ ދިރިއުޅުމުގެ މުހިންމު ބައެއް. އެކަމަކު ނިދާގޮތުން ކަށިތަކަށާއި މުޅި ހަށިގަނޑަށް އަސަރުކުރޭ. ބަނޑުވަތަށް އޮވެ ނިދުމަކީ ބައެއްމީހުނަށް އަރާމު ގޮތަކަށް ވެދާނެ. އެހެންނަމަވެސް މިއީ އެކަމުގެ ސަބަބުން ސިއްހީ އެތައް ގެއްލުމެއް ލިބިދާނެ ކަމެއް.

މާތްވެގެންވާ އިސްލާމް ދީނުގައިވެސް ބަނޑުވަތަށް އޮވެ ނިދުމަކީ އެކަމަކާ އަހަރެމެން ދުރުވާން ޖެހޭ ކަމެއްކަމުގައި ވަނީ ބަޔާންވެފަ. މިގޮތަށް ނިދުމުން، އުނަގަނޑާ ދިމާލުން މައިބަދައަށް ބާރުވެ، ކަނދުރާ ވަރަށް ގިނައިރު އެއްފަރާތަކަށް އަނބުރާލެވިފައި ހުންނަން ޖެހެއެވެ. މިއީ ހެލިފެލިވާން އުނދަގޫވުމާއި، ނާރުތަކުގެ މައްސަލަތައް ދިމާވާން މެދުވެރިވާ ސަބަބެކެވެ. މާހިރުން ބުނާގޮތުގައި، މިގޮތަށް ނިދުމުން އުނަގަނޑަށް ކުރާ ބާރު ބޮޑުވެ، "ހިޕް ފްލެކްސަރސް" ނަމަކަށް ކިޔާ މަސްގަނޑު މަސްގުޅަކައި ހަރުވެ، ދިގު މުއްދަތެއްގައި ހަށިގަނޑުގެ ހަރަކާތްތަކަށް ބަދަލު އަތުވެދާނެ.

ނިދުމަށް އެންމެ ރަނގަޅު ގޮތަކީ އަރިއަކަށް ނުވަތަ ބުރިކަށި މައްޗަށް އޮވެގެން ނިދުން. އަރިއަކަށް ނިދާއިރު، ދެފައި ދޭތެރެއަށް ބާލީހެއް ލައިގެން ނިދުމަކީ ވަރަށް ރަނގަޅު ކަމެއް. މިގޮތުން ނިދުމުން ބުރިކައްޓަށް ރަނގަޅު ސަޕޯޓެއް ލިބި، ރަނގަޅު ޕޮޒިޝަނެއްގައި މައިބަދާގެ ކަށިތައް ހުންނާނެ. ވީމާ، ހަމަޖެހޭ އަދި ސިއްހަތަށް ފައިދާހުރި ނިދުމެއް ހޯދުމަށްޓަކައި، ބަނޑުވަތަށް އޮވެގެން ނިދުން ހުއްޓާލާ، އަރިއަކަށް ނުވަތަ ބުރަކަށިމަތިން (އުޑުތިލައިން) އޮވެ ނިދަން އާދަކުރޭ!