ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ 11 އިންސައްތަ މީހުންނަކީ ވާތްތެރިންނެވެ. ކަންކަން ކުރުމުގެ ކަނާތުގެ ބަދަލުގައި ވައަތް އިސްކުރާ މީހުންނެވެ. ލިޔުމާއި، މަސައްކަތްކުރުމާއި، ކެއުމުގައި އެމީހުންނަށް ބޭނުންކުރެވޭނީ ވައަތެވެ. އެއީ އުފެދުމުގައި ހުންނަ ގޮތެކެވެ. މިކަމުގެ އަސްލު ސަބަބު ސައިންސްވެރިންނަށް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. ގިނަ ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ވާތު އަތް ނުވަތަ ކަނާތު އަތް ބޭނުންކުރުމަކީ ޖެނެޓިކްސްއާ ގުޅުން ހުރި ކަމެކެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ވައަތުގެ މީހުންގެ އިންސައްތަ ގާތްގަނޑަކަށް އެއްވަރުވުމެވެ.