ޤުދުރަތުގެ ކޮންމެ ނިޒާމެއްވެސް ހުރިހާ ގޮތަކުން ފުރިހަމައެވެ. އެއީ އޭގައި އުނިކަމެއްވާ ކަންކަމެއް ނޫނެވެ. ކަނޑުގެ ދިޔަވަރު ހިކޭއިރު، ފަރުތަކަށް ވަރަށް ޚާއްސަ އަދި މުހިންމު ބަދަލެއް އާދެއެވެ. ފަރުތަކުގެ ބައެއް ގައުތައް ފެންމަތިވެ، ވަގުތުކޮޅަކަށް ވައިގެ ތެރެއަށް ހުށަހެޅެއެވެ. މި ގުދުރަތީ ނިޒާމަކީ، ހާއްސަކޮށް ތިލަ ފަރުތަކުގައި އާންމު ކަމެކެވެ. މިކަމަކީ ފަރުތަކުގެ ދުޅަހެޔޮކަމާއި ދެމިހުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.
ދިޔަވަރު ހިކި، ތޮށި ވައިގެ ތެރެއަށް ހުށަހެޅުމުން، ފަރުމައްޗަށް ޖަމާވާ ނުރައްކާތެރި މާއްދާތައް ކަމަށްވާ އަލްގީއާއި ބެކްޓީރިއާ ފަދަ ކުދިކުދި ދިރުންތައް މަދުކުރުމަށް އެހީވެއެވެ. އިރުގެ އަލިކަމާއި ވައި، ގުދުރަތުން ސާފުކުރާ އެއްޗެއްގެ ގޮތުގައި މަސައްކަތްކޮށް، މި ބޭނުންނުވާ ދިރުންތައް ހިއްކާލައި ނައްތާލައެވެ. މީގެ ސަބަބުން ތޮށިމަތީގެ ގައުތަކަށް ނޭވާލާނެ ފުރުސަތު ލިބި، ހެދިގަތުމަށް އެހީވެއެވެ. ފެނުގެ ފެންވަރު ދަށް ނުވަތަ ނިއުޓްރިއަންޓް ގިނަ ހިސާބުތަކުގައި މިއީ އަދި ވަކިން މުހިއްމު ކަމެކެވެ. ގުދުރަތީ މި ނިޒާމުގެ ސަބަބުން ފަރުތައް ދުޅަހެޔޮކަންމަތީ ދެމިއޮތުމަށް ބޮޑު އެހީއެއް ލިބިގެންދެއެވެ.
މީގެ އިތުރުން، ދޭތެރެދޭތެރެއިން މިކަހަލަ ގޮތަކަށް ހިކުމުގެ ސަބަބުން، ވެއްޔަށް ވެދާފަދަ ބައެއް އަލްގީތަކުގެ ދިރުން ވަރުގަދަވުމަށް އެހީވެއެވެ. ބައެއް ބާވަތްތަކުގެ ދިރުންތައް ކުޑަ ވަގުތުކޮޅަކަށް ވައިގެ ތެރެއަށް ހުށަހެޅުމުން އެ ވެއްޓާ އެކަށޭނަ ގޮތަކަށް ބަދަލުވާން ފަށައެވެ. މި ދެމިހުރުމުގެ ސަބަބުން ފަރުތަކަށް ތިމާވެށީގެ ގޮތުން ކުރިމަތިވާ އެކި ބާވަތުގެ ޕްރެޝަރުތަކަށް ކެތްކުރުމުގެ ބާރު ލިބިގެންދެއެވެ. ކޮންމެ ހުށަހެޅުމަކީ ގެއްލުންދޭ ކަމެއް ނޫނެވެ. ބައެއް ފަހަރު، މިފަދަ ކުދި ޕްރެޝަރުތަކުގެ ސަބަބުން، ފަރުތަކަށް ވަރުގަދަވުން ލިބޭކަން މިއީ ދިރާސާތަކުން ސާބިތުވާ ކަންކަމެވެ.
ނަމަވެސް، ޤުދުރަތުގެ މި ނާޒުކު ނިޒާމީ ތަރުތީބުގެ ހަމަޖެހުން، އިންސާނުންގެ ހަރަކާތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހީނަރުވެގެންދާނެއެވެ. ދިޔަވަރު ހިކޭއިރު، އާދަޔާޚިލާފަށް ހޫނުގަދަވުމުން ނުވަތަ ތިމާވެށި ތަޣައްޔަރުވުމުން، ވައިގެ ތެރެއަށް ހުށަހެޅޭ ފަރުތަކަށް މަންފާއެއް ލިބުމުގެ ބަދަލުގައި ގެއްލުން ލިބިދާނެއެވެ. ފަރުތަކުގެ ނިޒާމު ރައްކާތެރިކުރުމަކީ، މި ގުދުރަތީ ދައުރުތައް ދެނެގަނެ، އިންސާނުންގެ ހަރަކާތްތަކުގެ ސަބަބުން މި ހަމަޖެހުން ހީނަރުވެގެން ނުދާނެކަން ކަށަވަރުކުރުމެވެ. އެހެންކަމުން، ދިޔަވަރު ހިކޭއިރު ތޮށިހިކުން ކަހަލަ ޤުދުރަތީ ނިޒާމުތަކަކީ ނުރައްކަލުގެ ރަނގަބީލުތަކެއް ކަމުގައި އަބަދު ދެކިގެން ނުވާނެއެވެ. މިފަދަ ގުދުރަތީ ނިޒާމުތަކަކީ މާ މަތީފަރާތަކުން ތަރުތީބު ކުރައްވާ، ނިޒާމެއްގެ ދެތެރެއިން ދައުރުވާގޮތަށް ފަރުމާކުރައްވާފައިވާ އާދަޔާހިލާފު އަޖައިބުކުރަނިވި ނިޒާމުތަކެކެވެ.
ހަވާލާ:
Castrillón-Cifuentes, A. L., Lozano-Cortés, D. F., & Zapata, F. A. (2017). Effect of short-term subaerial exposure on the cauliflower coral, Pocillopora damicornis, during a simulated extreme low-tide event. Coral Reefs, 36, 401–414. SpringerLink.
