އޮސްޓްރިޗް ނުވަތަ ގިނިކާމާދޫނީގެ ސިކުނޑިއަށްވުރެ ލޯ ބޮޑެވެ. އަދި އެއީ ބިމުގައި އުޅޭ ދޫނިތަކުގެ ތެރެއިން އެންމެ ލޯ ބޮޑު ޖަނަވާރުވެސްމެއެވެ. އޭގެ ލޮލުގެ ދިގުމިނުގައި 5 ސެންޓިމީޓަރު (2 އިންޗި) ހުރެއެވެ. އަދި މުޅި ލޯ ބިލިއަޑް ބޯޅައެއްވަރުވެއެވެ. މި ދޫނީގެ ބޮލުގެ ކަށިގަނޑު އުފެދިފައިވާ ގޮތުން ސިކުނޑިއަށް އިންނަ ޖާގަ ކުޑައީއެވެ. ލޮލުގެ ބޮޑުކަމުގެ ސަބަބުން، ދޫންޏަށް ގެއްލުންދޭ ޒާތުގެ އެއްޗެހި މާދުރުން ނަގައިގަނެއެވެ. 3.5 ކިލޯ މީޓަރ ދުރު ރާސްތާ އެސޮރުމެންގެ ލޮލަށް ފެންނައިރު، ނުރައްކަލެއް އައުމުގެ ކުރިން ފިލުމަށް ނުވަތަ ރައްކާތެރިވުމަށް އެހީއަކަށް ވެގެންދެއެވެ.
