ވާލަކީ މަންމަލި ޖަނަވާރުތަކުގެ ތެރެއިން އުދުހުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ޖަނަވާރެވެ. މަންމަލި ޖަނަވާރެކޭ ބުނެވެނީ ގާތުން ކިރުދިނުމާއި، ވިހެއުމާއި، އިސްތަށި ނުވަތަ ކެހެރި ހުރުން ކަހަލަ ސިފަތައް ލިބިގެންވާ ޖަނަވާރުންނަށެވެ. އެގޮތުން މުގޮށި މީދާ ކަހަލަ އެ ޒާތުގެ ބައެއް ޖަނަވާރުން އިރުކޮޅަކު ވައިގެ ތެރޭގައި އުޅެވުނަސް އުދުހުމުގެ ތެރެއަށް ނުވަންނާނެކަމަށް ބުނެއެވެ. އެހެންކަމުން އަމިއްލަ ބާރުގައި އުދުހިގަންނަ އަދި ގިނައިރު އުދުހިފައި އައިސް ތިރިކޮށްލާ ނުވަތަ ގަހަކަށް ޖެހިގަންނަ ހަމައެކަނި އުދުހޭ ޖަނަވާރެއްގެ ގޮތުގައި ބެލެވިފައިވަނީ ވާލެވެ.