ބުޅަލުގެ އުމުރުގެ ބޮޑުބައެއް ހޭދަކުރަނީ ނިދުމުގައެވެ. އެގޮތުން އޭތީގެ އުމުރުގެ ތިންބައިކުޅަ ދެބައި ނިދުމުގައި ހޭދަކުރެއެވެ. ނުވަތަ އުމުރުގެ ގާތްގަނޑަކަށް 66 އިންސައްތަ ނިދުމުގައި ހޭދަކުރެއެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 13 ގަޑިއިރާއި 16 ގަޑިއިރާ ދެމެދުގެ ވަގުތެވެ. ގިނަވަގުތު ނިދަނީ ކާތަކެތި ހޯދުމަށް އެ ޖަނަވާރު ހަކަތަ ގިނައިން ބޭނުންވާތީ އެކަމަށް އަރާމުކުރުމަށެވެ. ގިނަ ވަގުތު ނިދިޔަސް، ގަދަ ނިދީގައި އޮންނަ ވަގުތަށްވުރެ ގިނަވާނީ ލުއި ނުވަތަ ދެބަ ނިދީގައި އޮންނަ ވަގުތެވެ. އެއީ ނުރައްކަލެއް ދިމާވެއްޖެނަމަ، އެކަމުން ރައްކާތެރިވުމަށެވެ. އާންމުކޮށް ބުޅާ ނިދަނީ ދުވާލުއެވެ. އެއީ ރޭގަނޑު ޝިކާރަކުރުމަށް ނުކުތުމަށެވެ.