ދިވެހިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ އަލީރަމީޒާއި އަހުމަދު ހަމީދު (ވަޖޭ) ވަކިވާން ޖެހިއްޖެކަން ވަޖޭ ފޭސްބުކްގައި ހިއްސާކުރުމުން ގިނަބަޔެއްގެ ސަމާލުކަމަށްއައެވެ. ނަމަވެސް، ވަޖޭމިވަނީ އައްޔައާއި ވަކިވެލަން ޖެހުނީ ކީއްވެކަން ތިލަކޮށްދީފައެވެ.
'ވަކިވީކީ" އެއް ނޫނެވެ. ދުވަސްކޮޅަކަށް ވަކިވެލަން ޖެހުނީއެވެ. މިކަން އާންމުންނާ ހިއްސާކޮށްލުމަށް ފޭސްބުކްގައި ޖެހި ސްޓެޓަސްއެއްގައި ބުނެފައިވާ ގޮތުގައި އައްޔައާ ދުވަސްކޮޅަކަށް ވަކިވެލަން ޖެހުނީ އުމްރާގެ އަޅުކަމަށް ފުރަންޖެހުމުންނެވެ. އޭގެ ސަބަބުން މި ހަފްތާއާއި ޖެހިގެން އަންނަ ހަފްތާގެ ދަތުރުގައި ވެސް އަލީއާއެކު ބައިވެރިވެވޭން ނެތުމުންނެވެ. އެކަމުގެ ސަބަބުން ލިބުނު ހިތާމައެއްގެ ސަބަބުން އެގޮތަށް ލިޔުނީކަމަށް ވަޖޭ ހާމަކޮށްފައިވެއެވެ.
ތެދެކެވެ. އައްޔައާއި ވަޖޭގެ ކުރު އެހެނަސް މާނަފުން އަދި މަޢުލޫމާތުން ފުރިގެންވާ ވީޑިއޯތަކަށް ގިނަބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ. އެހެންކަމުން، ގިނަބަޔަކު ހީކުރީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ވަޖޭއާއި އައްޔަގެ ގުޅުން ނިމުމަކަށް އައީކަމަށެވެ. އެކަމާ އާންމުން ވަރަށްގިނަ ސުވާލުތައް އައްޔައާއި ވަޖޭގެ ޕޯސްޓުތަކަށް ބަންޑުންކޮށްލިއެވެ. އެދެމީހުންގެ ސަޕޯޓަރުން އަދިވެސް އެފަދަ ވީޑިއޯތަކަށް އިންތިޒާރުކުރާތީއެވެ.
ތީރުގެ ފަރާތުން އެދެނީ މަބްރޫރް ޢުމްރާއަކަށެވެ. އަދި އެ އަޅުކަމުގައި ބަރަކާތްލައްވައި ހެޔޮ ހާލުގައި އަނބުރާ އައުމުގެ ހެޔޮ ތަޢުފީގު މިންވަރުކުރެއްވުމެވެ.
