ބޯވައަކީ ދިވެހިންނަށް އައު އެއްޗެއްނޫނެވެ. ބޯވަނެގުމަކީވެސް ހުނަރެކެވެ. ކޮންމެކޮންމެ މީހަކަށް ބޯވަހޮރު ފާހަގަކުރުމަކީ އުނދަގޫކަމެކެވެ. ބޯވަހޮރެއް އަދި ފެނުނަސް އެ ނެގުން އޮންނަނީ އުނދަގޫކަމަކަށްވެފައެވެ. ބޯވަ ހަނާކޮށްގެން ރޮއްޓާއެކު ކެއުމަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ ކަމެކެވެ.
ނަމަވެސް، ބޯވައެއްގައި ހުންނަ ޚާއްޞަ ސިފަތައް މާބޮޑަކަށް ނޭނގެއެވެ. ބޯވާގައި 8 ފައި ހުންނައިރު، އޭގައި 3 ހިތް ހުރެއެވެ. ދެ ހިތުން ބޯވައިގެ ބޮލަށް ލޭ ފޮނުވައިދޭއިރު، ހަށިގަނޑުގެ ބާކީބަޔަށް ލޭ ފޮނުވައިދެނީ އަނެއް ހިތުންނެވެ. އަދި އޭގެ ލޭ ހުންނަނީ ނޫކުލައިގައެވެ. އޭގެ ސަބަބަކީ، އާންމުކޮށް ލޭގައި ހުންނަ ދަގަނޑުގެ މާއްދާގެ ބަދަލުގައި ޕްރޮޓީންގެ މާއްދާ ހުންނާތީއެވެ.
