ސޫފާސޫފީގެ ދުނިޔޭގައި އެތައް ބާވަތެއްގެ އަޖައިބު ކުރުވަނިވި ސިފަތަކާއި އުޅުންތައް ފެންނަން ހުރެއެވެ. "އެކަންތަސްޕީސް ޕީޓެކްސް" (Acanthaspis petax) ކިޔާ ބާވަތަކީ ދިރިހުރުމަށްޓަކައި ބޭނުންކުރާ އާދަޔާޚިލާފު އަދި ހައިރާންކުރުވަނިވި ރައްކާތެރިވުމުގެ އެއް އުކުޅު ދައްކުވައިދޭ މަޚްލޫޤެކެވެ. މިއީ ޝިކާރަވެރި ސޫތްޕެެކެވެ.
މި ސޫފި ހިންޏާއި އެހެނިހެން ކުދިކުދި ގިނަ ސޫފި ޝިކާރަކުރުމަށްފަހު، އެތަކެތީގެ ހަށިގަނޑުގެ އެތެރޭގައި ހުންނަ ބައިތަކާއި ތަކެތި ދަމައިގަނެ، ހުސްކުރެއެވެ. އެއަށްފަހު، ހުސްކުރި ހަށިގަނޑުތައް ނުވަތަ "އެކްސޯސްކެލެޓަންސް" ވަރަށް ސަމާލުކަމާއެކު އެސޮރުގެ އަމިއްލަ ބުރިކަށިމަތީގައި ތަތްކުރެއެވެ. މިގޮތަށް ދުވަސްކޮޅެއް ނުވަތަ ވަގުތުކޮޅެއް ފަހުން، މަރުވެފައިވާ ހިންޏާއި އެހެނިހެން ސޫފިތަކުގެ ހަށިގަނޑުތަކުން އެކުލެވޭ އާދަޔާޚިލާފު، "ބެކްޕެކް" އެއް މިސޫފިތަކުގެ ބުރިކަށިމަތީގައި އުފެދިގެންދެއެވެ. މިއީ ބައެއް ފަރާތްތަކަށް ހިތާމަވެރި އަދި ބިރުވެރި މަންޒަރެއްކަމަށް ވިޔަސް، މި އުކުޅުގެ މަޤްޞަދަކީ ހަމައެކަނި ދިރިހުރުމަށްޓަކައި ފިލައިގެން އުޅުމެވެ.
ފައިދިގުމަކުު ފަދަ ، ލޮލަށް ފެންނަ ތަކެތިން ޝިކާރަކުރާ ސޫފިތަކުން ދިފާޢުވުމަށް، މަރުވެފައިވާ ސޫފިތަކުގެ ހަށިގަނޑުތައް އެހީތެރިވެދެއެވެ. މި "ބެކްޕެކް"ގެ ސަބަބުން، ސޫފީގެ އަސްލު ބައްޓަން ސާފުކޮށް ނުފެންނާތީ، ދުޝްމަނުންނަށް އެއީ ދިރޭ އެއްޗެއްކަން ދެނެގަތުމަށާއި ހަމަލާދިނުމަށް ދަތިވެއެވެ.
ނަމަވެސް، މި ސޫފި ބޮޑުވުމާއެކު، މި އާދަޔާޚިލާފު ފިލައިގެންއުޅުމުގެ އުކުޅު ދޫކޮށްލައެވެ. ބޮޑުވެފައިވާ "އެކަންތަސްޕީސް ޕީޓެކްސް" ސޫފިތަކުގެ ބުރިކަށިމަތީގައި ދެނެއް މަރުވެފައިވާ ސޫފިތައް ނުގެންގުޅެއެވެ. އަދި އޭގެ ބަދަލުގައި، ޝިކާރަވެރި ސޫފާސޫފިތަކުގައި އާންމުކޮށް ހުންނަ ކަޅުކުލައާއި ރަތްކުލައިގެ ސިފަތައް އެސޮރުމެންގެ ހަށިގަނޑުން ފެންނަން ހުރެއެވެ.
އެހެންނަމަވެސް، މި ސޫތްޕަށް މިހާ ޚާއްސަ ކަމެއް ލިބިފައިވަނީ، އޭގެ ޅަފަތުގެ ދުވަސްވަރުގައެވެ؛ އެއީ "ބެކްޕެކް"އެއްގެ ގޮތުގައި ޝިކާރަތަކުގެ ހަށިގަނޑު ބޭނުންކޮށްގެން ދިރިހުރުމަށްޓަކައި ހަށިގަނޑު ރައްކާތެރިކުރާ އާދަޔާޚިލާފު ހެދުމެއް ފަދައިން ބޭނުންކުރާތީއެވެ. މި ކަންތަކަކީ ގުދުރަތީ ދުނިޔޭގައި ހިމެނޭ ތަފާތު ސޫފިތައް ހާލަތާ ގުޅިގެން ބަދަލުވާނެ މިންވަރު ދައްކުވައިދޭ އެންމެ ފާހަގަކޮށްލެވޭ މިސާލުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
