ރާއްޖެއަށް މިހާރުކުރަމުން މިދާ ވިއްސާރައިގާ މޫސުން ކިތަންމެ ރީއްޗަށް އޮތަސް ކުއްލިއަކަށް ވާރޭ ވެހިދާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ މި ހަފުތާގެ ބުރާސްފަތި ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ. ނަމަވެސް ދޭތެރެދޭތެރެއިން ވާރޭ ވެހޭނެކަމަށް ވެސް ބުންޏެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ދެކުނުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެއެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ބުނެއެވެ.

މެޓް އޮފީހުން ބުނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލަށް ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިޖެހޭނެ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާއިރު، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް ބުނެއެވެ. އ3ަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް ބުނެއެވެ.