މިއީ މީގެ އަހަރުތަކެއް ކުރިން ހިނގާދިޔަ ހަޤީޤީ ހާދިސާއެކެވެ. އާންމުކޮށް ކުކުޅެއްވެސް އަދި އެހެން ދިރޭ އެއްޗެއްވެސް ބޯ ބުރިކޮށްލައިފިނަމަ އިސާހިތަކު މަރުވެއެވެ. ނަމަވެސް 1945 ވަނަ އަހަރު ވަރަށް އާދަޔާ ޚިލާފުކަމެއް ހިނގިއެވެ. 'މައިކް: ދި ހެޑްލެސް ޗިކެން' ނަމުން މަޝްހޫރުވެގެންދިޔަ މި ކުކުޅުގެ ބޯ، އެ ކުކުޅު ގެންގުޅުނު މީހާ ބުރިކޮށްލުމުގެ ތެރޭގައި ނޭވާލުމާއި، ކާތަކެތި ދަތުރުކުރާ ހޮޅި އެއްކޮށް ބުރިނުވުމުގެ ސަބަބުން މަރުނުވެ ސަލާމަތްވިއެވެ. އިރުކޮޅަކު ވެއްޓި އޮތުމަށްފަހު ކޮޅަށް ތެދުވެ ހިނގަން ފެށުމުން، އެރޭ ފޮއްޓަކަށްލާފައި ކުކުޅު ބޭންދީ ހެނދުނު އަންނައިރު މަރުވެފައި އޮންނާނެކަމަށް ބަލާފައެވެ. ނަމަވެސް، ހެނދުނު ފޮށީގެ މަތި ނަގާފައި ބެލިއިރު، ކުކުޅު ހަމަ އާދައިގެ މަތިން ދެކޮޅަށް ދެކޮޅަށް ދުވެލަ ދުވެލާ އުޅޭތީ އެއީ އާދަޔާ ޚިލާފުކަމެއްކަން ގެންގުޅޭ މީހާއަށް ވިސްނުނެވެ. އަދި އެ ކުކުޅު އެހެން މީހުންނަށް ދައްކައި، ގިނަ ބައެއްގެ ސަމާލުކަން ހޯދިއެވެ. ތަފާތު ޝޯތަކާއި ހަފްލާތަކުން ގިނަ އަދަދެއްގެ ފައިސާވެސް ހޯދިއެވެ. ކާންދޭން ބޭނުންކުރީ ލޮލަށް ބޭސްއަޅަން ގެންގުޅޭ އާލާތެކެވެ. ނަމަވެސް، 18 މަސްފަހުން، ކޮށިއަރައިގެން އެކަމުން ސަލާމަތްނުވެ، ކުކުޅު މަރުވީއެވެ.
މިކުކުޅުގެ ހަނދާނުގައި ކޮލޮރާޑޯގެ ފުރޫޓާ ޓައުންގައި އެ ދުވަހާ ގުޅިގެން މައިކްގެ ހަނދާންތައް ދިރުވުމަށް ތަފާތު ހަރަކާތްތައް ހިންގާކަމަށްވެއެވެ. އެގޮތުން ކުކުޅު ރޭސްތައް އިންތިޒާމުކުރުމާއި، ކުކުޅުފައި ކެއުމުގެ މުބާރާތް ބޭއްވުމާއި، ބޯނެތް މައިކްގެ ވާހަކަ ކިޔައިދިނުމުގެ ހަރަކާތްތައް ކުރިޔަށް ގެންދެއެވެ.
