ޖިންނީންގެ ސަބަބުން އިންސާނުންނަށް ބައެއް ފަހަރު އެކި ކަހަލަގެ އުނދަގޫތަކާ ކުރިމަތިވެއެވެ. މި ލިޔުމުގައި މި ބަލައިލަނީ ޖިންނީންގެ ސަބަބުން ފިރިހެނުންނަށް ދިމާވާ ބައެއް އުނދަގޫތަކަށެވެ.
1. ފިރިހެނާގެ އުނަގަނޑުށް އާދަޔާ ހިލާފު ތޫނު ތަދެއް ވުން: މިތަދު ޢާއްމުގޮތެއްގައި ވާނީ އުނަގަނޑުގެ ތިރިއަށެވެ. ސިޙުރެއް ޖެހުމުގެ ސަބަބުން މިކަންވުން ގާތްކަން ބޮޑެވެ. މިތަދު ދިމަދިމައަށް ދުވާގޮތަށްވެސް ވެދާނެއެވެ. ނޫނީ މިކަން ވަނީ ޖިންނިއެއް ބީހުމުގެ ސަބަބުންނެވެ.
2. ފިރިހެނާގެ ކުރިމަތިފަރާތަށް އާދަޔާ ޚިލާފަށް ތަދުވުމާއި ޖަރާސީމު އުފެދުން: ބައެއްފަހަރު ދެމަފިރިން ދުރުކުރުމަށް ސިޙުރުހަދާފައި ހުރުމުގެ ސަބަބުން ނުވަތަ ޖިންނި ބީހުމުގެ ސަބަބުން މިކަން ދިމާވެއެވެ. އަދި މީގެ ސަބަބުން އާދަޔާ ޚިލާފަށް އަވަސް އަވަހަށް ފާޚާނާ ކުރަންޖެހެއެވެ. އަދި މީގެ އިތުރުން ފިރިހެނާއަށް ދަރިންލިބުމަށް ބޭނުންވާ ވަރަށްވުރެ ސްޕާރމް ކައުންޓް މިކަމުގެ ސަބަބުން ދަށްކުރުވައެވެ.
3. ފިރިހެންމީހާގެ ބަނޑުކޮޅަށާއި ޖިންސީ ގުނަވަނުގައި ރިއްސުން: ޖިންނި ބީހުމުން ނުވަތަ ދެމަފިރިން ދުރުކުރުވުމަށް ހަދާފައި ހުންނަ ސިޙުރުންނާއި، އަނބިމީހާ އާއި އެކު ރޭކުރިޔަނުދިނުމަށް ހަދާފައި ހުންނަ ސިޙުރުގެ ސަބަބުންނާއި، އަދި ދަރިން ލިބުނަ ނުދިނުމަށް ހަދާފައި ހުންނަ ސިޙުރުގެ ސަބަބުން މިކަން ދިމާވެއެވެ. މިމައްސަަލައަކީ ރާއްޖެއިން ވަރަށް ގިނައންި ފެނިފައިވާ އަދި ވަރަށް ގިނައިން ފަރުވާ ކޮށް ރަނގަޅުވެފައިވާ މައްސަލައެއްކަން ފާހަގަ ކޮށްލަމެވެ.
4. ފިރިހެނާގެ ކުޑަކަމުދާ ނިޒާމުން ލޭފޭބުން: ކުޑަކަމުދާ އިރުއާއި އެނޫންވެސް ބައެއް ގަޑިގަޑީގައި ލޭ އައުމަކީވެސް ވަރަށް ގިނައިން ޖިންނި ބަލި ނުވަތަ ސިޙުރުގެ ސަބަބުން ދިމާވަ ކަމެކެވެ.
5. ހިތްނުތަނަވަސްކަން އަބަދު އިޙްސާސްކުރެވުމާއި، އެއްދާންކުރުމުގައި އެއްވެސް ހިތްހަމަޖެހުމެއް އިޙްސާސް ނުކުރެވުމާއި، އަނބިމީހާ ކިތަންމެ ބޭނުން ވިޔަސް އެއްދާންކުރާހިތް ފިރިމީހާ ނުވުން މިއީވެސް ޖިންނީގެ ސަބަބުން ނުވަތަ ސިޙުރުގެ ސަބަބުންވެސް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ދެމަފިރިން އެކަކު އަނެކަކު ދެކެ ފޫހިވެ މައްސަލަތައް ޖެހެން މެދުވެރިވެއެވެ.
6. މިކަންތައްތަކުގެ އިތުރަށް ވަރަށް ބޮޑަށް ބޮލުގައި ރިއްސުމާއި ރޭގަނޑު ބިރުވެރި ހުވަފެން ފެނުމާއި، އައްސިވުން ފަދަ ކަންތައް ކުރިމަތިވުން: މިއީ ޖިންނީގެ ކަމެއް ކުރިމަތިވިނަމަވެސް، އަދި ކޮންމެ ވައްތަރެއްގެ ސިޙުރެއް ޖެހުނުކަމުގައިވީ ނަމަވެސް ޢާއްމުކޮށް ދިމާވާ ކަމެކެވެ. އަދި ނިދީގައި ސިއްސަ ސިއްސައިގެން ގޮސް ހޭލެވުމާއި ނުނިދޭ ބައްޔަކީވެސް ވަރަށް ޢާއްމުކޮށް ސިޙުރާއި ޖިންނި ބަލީގެ ސަބަބުން ދިމާވާ ކަމެކެވެ.
ހަނދާނުގައި ބަހައްޓަންވީ ކަމަކީ، މިއިން ކޮންމެކަމެއް ދިމާވާ ހަމަ ކޮންމެ ފަހަރަކު އެ ވަނީ ޖިންނި ނުވަތަ ސިޙުރުގެ ސަބަބުން ނޫންކަމެވެ. މިއީ ވަރަށް ޢާއްމުކޮށް ޑޮކްޓަރީ ގޮތުންވެސް ދިމާވާ އަދި ފަރުވާ ކޮށް ރަނގަޅުކުރެވޭ ކަންކަމެވެ. ޖިންނި ބަލީގެ ސަބަބުން ނުވަތަ ސިޙުރުގެ ސަބަބުން މިފަދަ ކަމެއް ދިމާވާނަމަ، ބިރުވެރި ހުވަފެން ފެނުމާއި އެހެންވެސް ސިޙުރުގެ ޢަލާމާތްތައް ފެންނާނެއެވެ. އަދި ޑޮކްޓަރުންނަށް ބަލީގެ އަސްލު މައްސަލައެއް ނެތްކަމަށް ފެނުމާއި ޓެސްޓުތަކުންވެސް މައްސަލައެއް ނުފެނުމާއި ޑޮކްޓަރީ ބޭނުން އެއްވެސް ވަރަކަށް ރަނގަޅު ނުވުން ދިމާވެއެވެ.
މަސްދަރު: މައިތިރި ޑޮޓް ކޮމް
