"ވެލްވިޓްޝިއާ މިރަބިލިސް" އަކީ ނެމީބިއާގެ ހަނަފަސް ސަރަހައްދުގައި ހެދޭ ވަރަށް ޚާއްސަ ގަހެކެވެ. މި ގަހުގައި ހުންނަނީ ހަމައެކަނި ދެ ފަތް ނަމަވެސް، މި ފަތްތައް ގަސް މަރުވަންދެން، ބައެއް ފަހަރު 2000 އަހަރަށް ވުރެ ގިނަ ދުވަހުވެސް ނުހުއްޓި ހެދެމުންދެއެވެ. ބޮޑުވަމުން ދިގުވަމުން ދެއެވެ. ދިގުވާ ވަރަކަށް، ކޮޅު ދޮށުން ހިކި މަރުވަމުން ދެއެވެ. އަދި ދިގުވަމުން ގޮސް ފެޅި ފެޅިގެން ދާއިރު، އުޅެމުންވެސް ދެއެވެ. ދުނިޔޭގެ އެންމެ ހޫނު މާހައުލުތަކުގައި، ފެން ނުލިބި ދިރިހުންނަ މި ގަހުގެ އުމުރު ދިގުކަމުން، ބައެއް ޙަޟާރަތްތަކަށް ވުރެވެސް ދުވަސްވީ ކަމަށް ޤަބޫލުކުރެވެއެވެ. އެފަދަ ބައެއް ސާމްޕަލްތައް ސައިންސުވެރިން ވަނީ ހޯދާފައެވެ. އޭގެ ފަތްތައް ރިބަން ފަށަލަތަކެއްހެން ފެތުރިފައި ހުންނާތީ، "މަރުނުވާ ގަސް" ފަދަ ނަންތަކުންވެސް މި ގަހަށް މުޚާތަބުކުރެވެއެވެ.
ދެނަހުރީމުތަ؟
އުމުރުދިގު، މިގަހުގައި ހުންނަނީ އެއްމެ ދެ ފަތް!

އެހެނިހެން ލިޔުން