ނޯބަލް ޕީސް ޕްރައިޒްގެ އެވޯޑު ހޯދައިފައިވާ ޕާކިސްތާނުގެ އެކްޓިވިސްޓް މަލާ ޔޫސަފްޒާއީ ކައިވެންޏާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކާއި މެދު އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އޭނާ އަށް އަމާޒުވެފައެވެ.

އިނގިރޭސި ވިލާތުގެ "ވޯގް" މަޖައްލާއަށް ދިން ޚާއްސަ އިންޓަވިއުއްގައި ކައިވެންޏާ މެދު ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ސިފަވާ ގޮތަށް މަލާލާ ޖަވާބު ދީފައިވާ ކަމަށް ބުނެ އާންމުން ދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

އެމަޖައްލާގެ މި މަހުގެ އަދަދުގެ ކަވާގައި ފީޗާކުރީ މަލާލާ އެވެ.

ލޯބީގެ ގުޅުމާއި މެދު މަލާލާ ވާހަކަ ދައްކަމުން ފާހަގަ ކުރީ މިޒަމާނުގެ އެއްވެސް މީހަކަށް އިތުބާރު ކުރެވެން ނުހުންނަ ވާހަކައެވެ. ހަދި ހަގީގީ ލޯތްބަކީ މި ޒަމާނުގައި ތަދު އެއްޗެއް ގޮތަށްވެސް ވަނީ ސިފަކޮށްފައެވެ.

އަދި ކައިވެނި ކުރުމާބެހޭގޮތުން ބުނެފައިވަނީ ކައިވެންޏަކީ ކޮންމެހެން ކުރަންޖެހޭ އެއްޗެއްކަމަށް އޭނާ ގަބޫލުނުކުރާ ކަމަށާއި ހަޔާތުގެ ބައިވެރިއަކާއި އެކު އުޅޭ އުޅުމުގައި ކޮންމެހެން އެއްބަސްވުމެއްގައި ސޮއެ ކުރަންވެސް ނުޖެހޭނޭ ކަމަށް ދޭހަވާގޮތަށް ވަނީ ވާހަކަ ދައްކާފައެވެ. އަދި ހަޔާތުގެ ބައިވެރިޔާއާއި އެކު ޕާޓުނަރުންހެން ނޫޅެވެންވީ ކީއްވެތޯވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މިއީ ވަރަށް ޒިންމާދުރުކަން ކުޑަވާހަކަ ތަކެއް ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

މި ވާހަކަތަކަށް ރައްދުދީ ޕާކިސްތާނުގެ އެހެން އެކްޓިވިސްޓެއް ކަމަށްވާ މަތީރާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އޭނާ ބުނީ އަސްލުގައި ދައްކަންވީ ގަދަބާރުންނާއި އަނިޔާކޮށްގެންނާއި އަދި ކުޑަކުދިންނާ ކައިވެނިކުރުމުގެ ވާހަކަތައް ކަމަށެވެ. މާތް ﷲ ގެ ރަހުމަތްފުޅާ އެކު ކައިވެންޏެއް ކުރެވުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށް މަތީރާ ބުންޏެވެ.

މަލާލާގެ އެވާހަކަތަކަށްފަހު އޭނާ އަނީ ހުޅަނގުގެ ޕްރޮޕެގެންޑާ ފަތުރާ ޕަޕެޓެއްކަމަށްވެސް ގިނަބަޔަކު އަންނަނީ މީސްމީޑިޔާގައި ބުނަމުންނެވެ.