ދުނިޔޭގެ ބޭސްވެރިކަމުގެ ދާއިރާއަށް އާ އުއްމީދެއް ގެނެސްދީފައިވާ މުހިއްމު ކުރިއެރުމެއް މިވަނީ ހޯދިފައެވެ. ދެކުނު އެފްރިކާގެ ކަންފަތާއި ނޭފަތާއި ކަރުގެ ޚާއްސަ ސާޖަން، ޕްރޮފެސަރ މަޝޫޑޫ ތްޝިފުލާރޯއާއި އެމަނިކުފާނުގެ ޓީމުން ވަނީ 3ޑީ ޕްރިންޓްކޮށްފައިވާ ކަށިކޮޅުތައް ބޭނުންކޮށްގެން، ދުނިޔޭގައި ފުރަތަމަ ފަހަރަށް ކަންފަތުގެ މެދުބަޔަށް ކަށިކޮޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފައެވެ. މި އީޖާދުގެ ކުރިން، ކަންފަތުގެ މެދުބައިގައި ހުންނަ ކުދިކުދި ކަށިކޮޅުތަކަށް ގެއްލުންވުމުގެ ސަބަބުން ދިމާވާ "ކޮންޑަކްޓިވް ހިއަރިންގ ލޮސް" އަށް ދެވޭ މިފަދަ ސީދާ ފަރުވާއެއް ނެތެވެ!
ދެކުނު އެފްރިކާގެ ޑަކްޓަރަކު މިފަދަ އައު ހޯދުމެއް ހޯދާ އައު އީޖާދެއް ކޮށް، އެޕަރޭޝަނެއް ކާމިޔާބުކޮށް ކަންފަތުގެ އިވުން ގެއްލިފައިވާ މީހަކަށް އިވުން އިއާދަކުރެވިގެން ދިޔަކަމީ މުޅި އެފްރިކާ ބައްރު އެކަމަށް ފަހުރުވެރިވާ ކަމެކެވެ. މިއާއި އެކު މި އިޖާދީ ފަރުވާ ދުނިޔޭގެ ފެންވަރުގައިވެސް ފެށިގެން ކުރިއަށް ދާނޭކަމަށް ގިނަބަޔަކު އުންމީދު ކުރެއެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެގޮތަށް ޕްރިންޓު ކުރެވޭ މަސްނޫއީ ކަށިކޮޅެއްގެ އުމުރާއި މެދު ސުވާލު އުފެދެއެވެ.
ހަވާލާ: ޑައިރެކްޓް ސައިންސް 2025
