އިންސާނާގެ ހަށިގަނޑުގައިވާ ހަންގަނޑުގެ އޮމާންކަމާއި ރީތިކަމަކީ އިންސާނާގެ ބުރުސޫރައިގެ ރީތިކަންވެސް ސިފަކޮށްދޭ ކަމެއް. އެހެންކަމުން ހަންގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް ގިނަ މީހުން، ގިނަ މަސައްކަތްތަކެއް ކުރޭ. މި އެންމެނަށްހެން ކުރެވޭ މަސައްކަތަކީ ކެމިކަލްގެ މާއްދާތައް ގިނަ ކޮންމެވެސް ކަހަލަ އަގުބޮޑު އެއްޗެއް ބޭނުންކޮށް މޫނުގައްޔާއި ގައިގާ އުނގުޅުން. އެކަމަކު މިއީ ހަންގަނޑަށް ދެވޭ ގެއްލުމެއް ކަމުގައި ވެދާނެ.

އެކަމަކު މިބުނާގޮތަށް އަމަލުކުރުމުން ލިބޭ ފައިދާތައް ބޮޑުވާނެ. ފަހަރުގަ ނަތީޖާ ނުކުތުން ލަސްވެދާނެ، އެހެނަސް އިންސާނާގެ މުޅި ސިއްހަތަށް މިއީ މާ ކަމުދާނެ ގޮތެއް. އެއީ ކޮންމެ ރެއަކު ނިދަން އޮތުމުގެ ކުރިން ތާފަނާ ފެންތައްޓަކަށް ތިނެއް ނޫނީ ހަތަރު ކަރަންފޫ ލާފަ ބަހައްޓާ. ދެން އަނެއްދުވަހު ނިދާ ހޭލާފަ، އެ ކަރަންފޫތައް ނަގާފަ، ހަމަ އެ ފެންތައްޓަށް ލުނބޯހުތްކޮޅެއް ފެލާލާފަ ސަމްސަލެއްގެ މާމުއި އަޅާލުމަށްފަހު ގިރާލައިގެން ބޯލާ. އެއްމެ ރަނގަޅު ގޮތަކީ ހުސްބަނޑާ ހުރެ މި ބުއިން ބޭނުންކުރުން. ކޮންމެ ދުވަހަކު ގަވާއިދުން މިކަން ކުރާނަމަ ގާތްގަނޑަކަށް ވިހި ދުވަހާ ތިރީސް ދުވަހާ ދެމެދުން ނަތީޖާ ފެންނާނެ. ހަންގަނޑު އޮމާންވެ އުޖާލާވެ، ބިހިނެގުމާ އޮށާޅަތައް ފިލާ ހިނގައިދާނެ. އަޅެ ބުނީތީ ވެސް ޓްރައި ކޮއްލަބަލަ.

 

ހަވާލާ: ޓިޕްސް ފޯރ ޔުއަރ ހެލްތް 2025