ދުނިޔޭގެ ތިރި ބިންތަކުގައި އުޅޭ އިންސާނުންގެ ފުއްޕާމޭގެ ޖާގަ، ދުނިޔޭގެ އުސްބިންތަކުގައި އުޅޭ މީހުންނަށް ވުރެ ކުޑަ. މިނިޒާމު މިހެން ތަރުތީބު ވަނީ، އުސްބިންތަކުގައި ވައިގެ ތެރޭގައި ހުންނަ އޮކްސިޖަންގެ ޕާޝިއަލް ޕުރެސަރު ދައްކަމުން. މިކަން މިހެން ހުރުމުން އިންސާނާ ލާ ނޭވައިގައި ހިމެނޭ އޮކްސިޖަން ލޭގެ ތެރެއަށް ވަންނަ މިންވަރު މަދުވޭ. އެހެންކަމުން އިންސާނާގެ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ހަށިގަނޑަށް ލިބި ދިނުމުގައި، ލެވޭ ނޭވައިގެ މިންވަރު އިތުރުވާން ޖެހޭ. އެ ސަބަބަށްޓަކައި އުސް ހިސާބުތަކުގައި އުޅޭ އިންސާނުންގެ ފުއްޕާމޭގެ ޖާގަ ބޮޑުވޭ. ތިރި ބިންތަކުގެ ވައިގެ ތެރޭގައި ހުންނަ އޮކްސިޖަންގެ ޕާޝިއަލް ޕުރެސަރު އުސްބިންތަކަށް ވުރެ މަތިވޭ. މިކަމުގެ ސަބަބުން އިންސާނާ ލާ ނޭވައިގައި ލޭގެ ތެރެއަށް އޮކްސިޖަން ވަނުމުގައި ފަސޭހަ ވޭ. ނަތީޖާ އަކީ އެ އިންސާނާއަށަ ބޭނުންވާ މިންވަރަށް އޮކްސިޖަން ލިބުން. އެހެންކަމުން ފުއްޕާމޭގެ ޖާގަ ވަކި އިތުރަށް ބޮޑެއް ނުވޭ.
އެކި އިންސާނުންގެ ފުއްޕާމޭގެ ޖާގަ ތަފާތުވާނެ. އެމީހެއްގެ ހަށިގަނޑު އެމީހަކު ބައްޓަން ކުރާ ގޮތަކަށް މިކަން ބިނާވޭ. އެވުރެޖު އިންސާނެއްގެ ފުއްޕާމޭގައި ގިނަވެން 6 ލީޓަރު ވައި ހިފަހައްޓާ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން