ޗައިނާގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ތަފާތު މަންޒަރެއް ފެނި، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.
މި ރަސްމިއްޔާތުގައި ޑިޕްލޮމާ ހާސިލުކުރި ޒުވާނެއްގެ ބަދަލުގައި، ސެޓްފިކެޓާ ހަވާލުވުމަށް ސްޓޭޖަށް އެރީ އިންސާނެއްގެ ސިފައިގައި ހަދާފައިވާ "ހިއުމަނޮއިޑް" ރޮބޮޓެކެވެ. މިއީ އެތަނަށް ހާޒިރުވެ ތިބި މީހުން ހައިރާންކޮށްލި ކަމަކަށް ވަނީ ވެފައެވެ.
މި ރޮބޮޓް ވަނީ އަމިއްލައަށް ހިނގާފައި ގޮސް ސްޓޭޖަށް އަރައި، ރަސްމިއްޔާތުގެ އިސްވެރިންނާ ސަލާމްކޮށް ހަދާފައެވެ. އަދި ދަސްވެނިވުމުގެ އެންމެހާ ކަންކަން ފުރިހަމަކޮށް، ދަރިވަރުގެ ބަދަލުގައި ޑިޕްލޮމާއާ ހަވާލުވިއެވެ. މިކަމުން ދައްކުވައިދެނީ މިހާރުގެ ޒުވާނުންގެ އުފެއްދުންތެރިކަމާއި، ޓެކްނޮލޮޖީ ބޭނުންކޮށްގެން އާ ކަންތައްތައް ތަޖުރިބާކުރުމަށް ހުރި ޝައުގުވެރިކަމެވެ.
ތައުލީމީ ދާއިރާގެ މުސްތަގުބަލުގައި ރޮބޮޓިކްސްއާއި ޓެކްނޮލޮޖީގެ ދައުރު ބޮޑުވާނެ މިންވަރާ މެދު ގިނަ ބަޔަކު އަންނަނީ ވާހަކަ ދައްކަމުންނެވެ.
މި މަންޒަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައުލީމީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކުގެ ކުޑަ މިސާލެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
