ތެލެސީމިއާ ބަލި ހުންނަ ކުދިންނަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފުޅާކޮށް، އަންނަ މަހުން ފެށިގެން އެ ކުދިންނަށް 2،000 ރުފިޔާގެ ހާއްސަ އެލަވަންސެއް ދޭން ފަށަން ނިންމައިފި އެވެ.
މި ބަދަލު ގެނެސްފައިވަނީ ތެލެސީމިއާ ޕޭޝަންޓުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ބޭނުމުގަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެލަވަންސް ދޫކުރާނީ ތެލެސީމިއާ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ކަމަށެވެ. މި އެހީ ލިބޭނީ ސަރުކާރުން އެކުލަވާލާފައިވާ ގަވައިދާ އެއްގޮތަށް، އެކަމަށް އެދި ހުށަހެޅުމުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މި އެލަވަންސް ހޯދުމަށްޓަކައި "ވަން ގަވް" ޕޯޓަލްގައި ރަޖިސްޓްރީވުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފަ އެވެ. ތެލެސީމިއާއަށް ޓެސްޓު ކުރުމުގެ އިންތިޒާމުތައް ފުޅާކޮށްފައިވީ ނަމަވެސް، އަދިވެސް ރާއްޖޭގައި ތެލެސީމިއާ ކުދިން އުފަންވަމުންދާކަން ފާހަގަކުރެވެ އެވެ.
