އެމެރިކާގެ މަޝްހޫރު ރެޕާ އަދި އެކްޓަރު އައިސް-ޓީގެ އަންހެނުން ކޮކޯ އޮސްޓިންގެ އާންމުކުރި ފޮޓޯއަކީ "އޭއައި" ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް ކަމަށް ބުނުމުން، އެކަމަށް އައިސް-ޓީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ރައްދު ދީފިއެވެ. 

މިކަން ހިނގީ އައިސް-ޓީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ކޮކޯގެ ފޮޓޯއަކަށް އާންމު މީހަކު ކުރި ކޮމެންޓަކާ ގުޅިގެންނެވެ. އެ ފޮޓޯގައި ކޮކޯ ހުރި ގޮތުން ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ވަނީ ލިބިފައެވެ.

އައިސް-ޓީ ހިއްސާކުރި މި ފޮޓޯގައި ކޮކޯ ފެންނަނީ ހަށިގަނޑުގެ ވަނާތައް ފާޅުވާ ގޮތަށް ހުރި ހެދުމެއްގައެވެ. މި ފޮޓޯއަށް ކޮމެންޓު ކުރި މީހަކު، ކޮކޯގެ އުނަގަނޑާއި ހަށިގަނޑު ހުރި ގޮތުން އެއީ އަސްލެއް ނޫން ކަމަށާއި އެއީ "އޭއައި" ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއްތޯ އަހާ ސުވާލު އުފެއްދިއެވެ. މި

 ކޮމެންޓަށް ޖަވާބު ދެމުން އައިސް-ޓީ ބުނެފައި ވަނީ، އެ ފޮޓޯއަކީ އެއްވެސް ވަރަކަށް ބަދަލު ގެނެސްފައިވާ ފޮޓޯއެއް ނޫން ކަމަށާއި، އެއީ އަސްލު ފޮޓޯއެއް ކަމަށެވެ. އަދި އެފަދަ ސުވާލު ކުރާ މީހުންނަށް އޭނާ ވަނީ ނުރުހުން ފާޅުކޮށް ފާޑުކިޔާފައެވެ.

މީގެ ކުރިން ވެސް ކޮކޯގެ ހަށިގަނޑާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ދައްކާ ވާހަކަތަކަށް އައިސް-ޓީ ރައްދު ދީފައިވެއެވެ. މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރާ ކޮކޯއަކީ އޭނާގެ ހަށިގަނޑުގެ ބައްޓަމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މީހެކެވެ. އައިސް-ޓީ ބުނި ގޮތުގައި އެމީހުންގެ ދިރިއުޅުމާ ގުޅޭ ގޮތުން މީހުން ދައްކާ ވާހަކަތަކަށް ބެލުމެއް ނެތި، އޭނާ އަބަދުވެސް އަންހެނުން ދިފާއު ކުރާނެއެވެ.