އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ތަރި ޑޭވިޑް ބެކަމް، ނިމިދިޔަ 2025 ވަނަ އަހަރުގެ ހަނދާންތައް އާކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ވީޑިއޯއެއް ހިއްސާކޮށްފިއެވެ. ނަމަވެސް މި ވީޑިއޯއިން އޭނާގެ ދޮށީ ދަރިފުޅު ބްރޫކްލިން ބެކަމް ފެނިފައިނުވުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

މިކަން ފާހަގަކުރެވުމާ އެކު ބެކަމް ވަނީ ވަކިން ހާއްސަ މެސެޖެއް ދަރިފުޅަށް ފޮނުވާ، އެކަމަށް އިޝާރާތް ކޮށްފައެވެ.

ބެކަމް އާންމުކުރި ވީޑިއޯގައި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް އާއި އަނެއް ތިން ކުދިން ކަމަށްވާ ރޯމިއޯ، ކްރޫޒް އަދި ހާޕާގެ މަންޒަރުތައް ހިމަނާފައިވެއެވެ. އަހަރުގެ އެކި ދުވަސްވަރު ނަގާފައިވާ އާއިލީ ވީޑިއޯތައް އެއްކޮށްލައިގެން ތައްޔާރުކުރި މި ވީޑިއޯގައި ބްރޫކްލިން ނެތްކަން އެނގުމުން، ބެކަމް ވަނީ އިންސްޓަގްރާމް ސްޓޯރީއެއް މެދުވެރިކޮށް އެކަން ރަނގަޅުކޮށްފައެވެ.

މިކަމާ ގުޅިގެން ބެކަމް ވަނީ ބްރޫކްލިންގެ ވަކި ފޮޓޯއެއް ހިއްސާކޮށް، އޭނާ ދެކެ ލޯބިވާކަން ހާމަކޮށްފައެވެ. އަދި ވީޑިއޯގައި ނެތް ނަމަވެސް ހަނދާން ހުރިކަން އަންގައިދިނުމުގެ ގޮތުން ބެކަމް ވަނީ ބްރޫކްލިން ޓެގްކޮށް ހާއްސަ މެސެޖެއް ލިޔެފައެވެ.

ބެކަމްގެ އާއިލާއަކީ އަބަދުވެސް ވަރަށް ގުޅުން ބަދަހި، އަދި ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް ލޯބި ހާމަކުރާ އާއިލާއެއްގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.