އުރީދޫ މޯލްޑިވްސް އިން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ދިމާކޮށް " އުރީދޫ ފެންޓަސީ ލީގް" ގެ ނަމުގައި މުބާރާތެއް އިޢުލާން ކޮށްފި އެވެ.
މިއީ ޔޫރޯ 2020 ގެ ފުޓުބޯޅަ ފޯރި އާއި ގުޅިގެން އިޢުލާން ކުރި މުބާރާތެއް ކަމަށް އުރީދޫ އިން ބުނެ އެވެ.
އުރީދޫ އިން ބުނީ އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއް ލިބޭނެ ކަމަށެވެ.
އެގޮތުން 1 ވަނައަށް ޕްލޭސްޓޭޝަން 5 ބްލޫރޭ އެޑިޝަން ލިބޭ އިރު، ދެވަނައަށް ދާ ފަރާތަކަށް ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި ސައުންޑް ބާ އެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން 3 ވަނައަށް ދާ ފަރާތަކަށް އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000 ރުފިޔާގެ ގިފްޓް ވައުޗަރއެއް ލިބޭ އިރު، 4 ވަނައިން ފެށިގެން 10 ވަނައަށް ކޮންމެ ފަރާތަކަށް 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗަރއެއް ސޮނީ ސްޕޯޓްސްއިން ދިނުމަށް ވަނީ ނިންމާފަ އެވެ.
ޔޫރޯ 2020 ގައި ބައިވެރިވާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންތަކެއް އިޚްތިޔާރުކުރުމަށް ފަހު ޑްރީމް ޓީމެއް މެނޭޖްކުރުމުގެ ތަޖުރިބާ ހޯދައިދޭ މި ގޭމުގައި ޕޮއިންޓް ލިބިގެންދާނީ، އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ 2020ގައި ދައްކާ ކުޅުމަށް ބިނާކޮށެވެ. 
ޔުއެފާ ޔޫރޯ 2020 ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށްވެސް މި ލީގުގައި ބައިވެރިވެ ކުޅެވޭނެ އެވެ.
އުރީދޫ ފެންޓަސީ ލީގުގައި ބައިވެރިވުމަށް http://ore.do/fantasyeuro20 ޒިޔާރަތްކޮށްލައްވާށެވެ. ނުވަތަ 64OXKZRT08 ކޯޑް ބޭނުންކުރައްވާށެވެ.
އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/fantasy-terms އަށް ޒިޔާރަތްކޮށްލައްވާށެވެ.
އުރީދޫ ފެންޓަސީ ލީގުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ވެސްޓޯ އޮންލައިން، ހައިސެންސް ބައި ރެޑްވޭވް އަދި ސޮނީ ސްޕޯޓްސް އެވެ.
މިއީ މިގޮތަށް އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. 2018ވަނަ އަހަރު ފީފާ ވަރލްޑް ކަޕާއި ގުޅިގެން އުރީދޫ ވަރލްޑް ކަޕް ފޯރި ފެންޓަސީ ފުޓްބޯލް ޓޯނަމެންޓްވެސް އެ ކުންފުނިން ވަނީ ބާއްވާފަ އެވެ.