މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުސަތު ލިބޭ، އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ދުނިޔޭގެ ބްރެއިލް ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެއްވެސް ހުރަހެއް ނެތި މައުލޫމާތު ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
މި ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އުނގެނުމާއި، މިނިވަންކަމާއެކު އުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމުގައި ބްރެއިލް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ސަރުކާރުން ކަންކަން ނިންމުމުގައާއި ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް ރައްޔިތަކު ބާކީ ނުވާނެހެން، އެންމެންގެ ބައިވެރިވުން އޮންނާނެ ގޮތަށް އަމަލުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ އިތުރުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ވަނީ މި ދުވަހާ ގުޅިގެން މެސެޖެއް ދެއްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި އިލްމު އުނގެނުމަކީ ވަކި ބަޔަކަށް އޮތް ހާއްސަ ކަމެއް ނޫނެވެ. އެއީ އެންމެންގެ ހައްގެއް ކަމަށާއި، މުޖުތަމައުގައި އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިކަން އިސްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.
