ފުޓުބޯޅައަށް ތާއީދުކުރާ ފަރާތްތަކުން އެންމެ އިންތިޒާރު ކުރަމުން އަންނަ ފުޓްބޯޅައިގެ އީދު، ޔޫރޯ 20202 ގެ މެޗްތަކުގެ ސްކޯރ ދިމާކުރާ ފަރާތްތަކަށް ސިމްޑީގެ ފަރާތުން އަގުބޮޑު އިނާމްތަކެއް ހުށައަޅައިފިއެވެ.
މެޗްތަކުގެ ސްކޯރ ދިމާކުރުމަށް euro2020.simdi.com މި ލިންކަންވަދެ ފޮލޯ ކުރުމަށްފަހު، މެޗް ފެށުމުގެ ކުރިން އެމެޗްގެ ސްކޯރ ނިކުންނާނެގޮތް ލަފާކުރުމަށްފަހު ޖަހަންވީއެވެ. މިކަމަށް އެއްވެސް ޚަރަދެއް ނުހިނގާނެއެވެ. މި ލިންކަށް ވަނުމަށް ލެޕްޓޮޕް ފޯނު އަދި ޓެބްލެޓްވެސް ބޭނުން ކުރެވޭނެއެވެ. އަދި އެމީހެއްގެ ރޭންކް އަބަދުވެސް ބެލެން ހުންނާނެއެވެ.
މިގޮތަށް އެންމެ ގިނަ މެޗްގެ ސްކޯރ ދިމާކުރާ ފަރާތްތަކަށް ހުށައެޅޭ އިނާމް ތަކުގެ ތެރޭގައި:
1 ވަނަ ހަފްތާގައި އިލެކްޓްރޮލަކްސް ހޯމް ބަންޑްލްއެއް
2 ވަނަ ހަފްތާގައި އިލީ ހޯމް ސްޓާރޓަރ ކިޓެއް
3 ވަނަ ހަފްތާގައި ކެނަން ރަޔޯ މިނީ ޕްރޮޖެކްޓަރ އެއް، އަދި
4 ވަނަ ހަފްތާގައި SX540 ގެ ކެނަން ކެމެރާ އެއް ލިބޭނެއެވެ. އަދި ޖުމްލަކޮށް އެންމެ ގިނަ މެޗްގެ ސްކޯރ ދިމާކުރާ ފަރާތަކަށް 10 ހާސްރުފިޔާގެ އަގުހުރި ގިފްޓް ވައުޗަރއެއް ލިބޭނެ ކަމަށްވެސް ސިމްޑީއިން ހާމަކުރެއެވެ.
