އައްޑޫ ސިޓީ ފޭދޫން ޒުވާން އަންހެނަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން އާންމުންގެ ފަރާތުން ފުލުހުންނަށް ހިއްސާކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ގެއްލިގެން ހޯދަމުން ދަނީ އުމުރުން 19 އަހަރުގެ ހައްވާ ރާއިދާ މުނީރެވެ. އޭނާއަކީ ސ. ފޭދޫ، ހަމްދަރުދީގެއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ މީޑިއާ އޮފީހުން ބުނީ، ރާއިދާ ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 2:52 ހާއިރު ކަމަށެވެ. މި ރިޕޯޓު ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވީމާ ރާއިދާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.