ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ބޭރުގެ މަސްބޯޓެއް ވަދެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ގަވައިދާ ޚިލާފަށް ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސް ބޯޓެއް ވަދެގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު 11:30 ހާއިރު ކަމަށެވެ. އަދި އެ ބޯޓު ފެނިފައިވަނީ ނ. މާޅެންދޫ ބޭރުން ކަމަށެވެ.
މިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ “ނާޒް” ނަމަކަށް ކިޔާ ދޯންޏެއްގައި މަސްވެރިކަން ކުރަމުން ދިޔަ ބައެއް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މިފަދަ ކަންކަމުގައި މަސްވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެމްއެންޑީއެފް އިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
