ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯންގެ މޫނުގައި މީހަކު ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެެ.
މީސްމީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެމަނިފާނު ތެއިން-އަލް ހަމިޓާރޖަށް ކުރައްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ފެންސް ކައިރިއަށް ވަޑައިގަތުމުން އެތަނުން މީހަކުވަނީ ވަނީ އެމަނިކުފާނުގެ މޫނުގައި ޖަހާފައެވެ.
އެއާއެކު ފުލުހުން އެމަނިކުފާނު އެތަނުން ދުރު ކުރިއެވެ. ފްރާންސްގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މިކަމާ ގުޅިގެން ދެމީހަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ.
#Macron se fait gifler en direct de #Tain pic.twitter.com/tsXdByo22U
— ⚜️ (@AlexpLille) June 8, 2021
ވީޑިއޯއިން ފެންނަ ގޮތުން އެެ މީހާ ފުރަތަމަ ރައީސްގެ އަތްޕުޅުގައި ހިފުމުން، ފުލުހުން އެމީހާ ދުރުކުރުމުގެ ކުރިން އަނެއް އަތުން ރައީސްގެ މޫނުގައި ޖަހައެވެ.
