އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 19 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ. ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ އެ އަވަށު ހަމްދަރުދީގޭ، ހައްވާ ރާއިދާ މުނީރު ހޯދުމަށެވެ.

ފުލުހުންގެ މީޑިއާ އޮފީހުން ބުނީ މި ޒުވާނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:52 ހާއިރު ކަމަށެވެ. ރާއިދާ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުންގެ ބަޔަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރާއިދާ ފެނުނުކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ ފޮޓޯއާއި ވަނަވަރު މިއަދު އާންމުކޮށްފައެވެ.