ކެނެޑާގެ މަގުމަތިން ހިނގާފައިދިޔަ އާއިލާއެއްގެ 4 މީހުން ޝަހީދުކޮށްލައިފިއެވެ. މިއީ މުސްލިމް އާއިލާއަކަށް ނިސްބަތްވާ 4 މީހުންނެވެ. މީހާދިސާގައި އެ އާއިލާގެ އެކަކު ވަނީ ސަލާމަތްވެފައެވެ. ނަމަވެސް އެކުއްޖާއަށްވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެ ކުއްޖާއަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ޝަހީދުކޮށްލާފައިވަނީ 74 އަހަރުގެ އަންހެނަކާއި، 46 އަހަރުގެ ފިރިހެނަކާއި، 44 އަހަރުގެ އަންހެނެއްގެ އިތުރުން 15 އަހަރުގެ އަންހެން ކުއްޖެކެވެ. މިހާދިސާގައި ސަލާމަތްވި ކުއްޖާއަކީ އުމުރުން ނުވައަހަރުގެ ފިރިހެން ކުއްޖެކެވެ.
މިހާދިސާ އަކީ އިސްލާމްދީނަށް ނަފްރަތު ކުރާ ބަޔަކު ގަސްތުގައި ކޮށްފައިވާ އަމަލެކެވެ. މިހާދިސާ ހިނގީ ދުއްވާފައި ދިޔަ ކާރެއް، އެކުގައި ހިނގާފައި ދިޔަ މި އާއިލާގެ މީހުންގެ ގައިގައި ޖެއްސުމުންނެވެ. އަދި ކާރުވަނީ އެ 4 މީހުންގެ ގައިމަތިން ހުރަސްވެސް ކޮށްފައެވެ.
ކެނެޑާގެ އާންމު ޕޮލިހުންނާއި ހަވާލާ ދީ ރިޕޯޓުތައް ބުނާގޮތުގައި މިއީ ދުރާލާ ރާވައިގެން އެ އާއިލާއަށް ދިން ހަމަލާއެކެވެ. ކެނެޑާގެ ޕްރައިމް މިނިސްޓަރ، ޖަސްޓިން މި ހާދިސާއާއި ގުޅިގެން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މިއީ "ޓެރަރިޒަމް" ގެ އަމަލެއް ކަމަށެވެ. އަދި މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގައި ހިންގޭ ހުރިހާ ކަމަކާއި އެމަނިކުފާނު ދެކޮޅުކަމަށްވެސް ބުނެފައިވެއެވެ.
