ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކާތިކް އާރިޔަން އާއި ކާކުކަން ނޭނގޭ އަންހެން ކުއްޖަކު އެއް ހޮޓަލަކުން ފެނިގެން އެ ވާހަކަ ވަރަށް ބޮޑަށް ފެތުރިއްޖެއެވެ.

މި ދެ މީހުން އެކުގައި ހޮޓަލުން ފެނުމާ އެކު، ކާތިކްގެ ލޯބީގެ ދިރިއުޅުމާ ބެހޭ ގޮތުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާ ގުޅޭ ރިޕޯޓުތައް ބުނާ ގޮތުގައި، ކާތިކް އާއި އެ އަންހެން ކުއްޖާ ތިބީ އެއް ހޮޓަލެއްގައެވެ. ނަމަވެސް، އެ ދެ މީހުން ތިބީ ވަކި ދެ ކޮޓަރިއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އެ މީހުންގެ އަމިއްލަ ކަންކަން ސިއްރު ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.

މި ހަބަރު ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ކާތިކްގެ ފޭނުންގެ މެދުގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. ގިނަ ބަޔަކު ދަނީ އެ އަންހެން ކުއްޖާ އަކީ ކާކުތޯ ބެލުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ކާތިކްގެ ފަރާތުން މިކަމާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.