ހދ. ކުޅުދުއްފުށީގައި ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ ދަރިވަރަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.
މިއީ އެ ރަށުގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލުކުރަމުން ދިޔަ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ އެ ސިޓީ، ބްލޫބާޑް، ޝަޒްފާ އަބްދުﷲ އިބްރާހިމެވެ. އާއިލާއަށް ޝަޒްފާ ނިޔާވެފައި އޮއްވާ ފެނުނީ، މިއަދު ހެނދުނު އޭނާގެ ހަބަރެއް ނުވެގެން ގޮސް ބެލިއިރު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަޒްފާ އަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފެއްގެ ދަރިފުޅެވެ.
ޝަޒްފާ އަކީ ސްކޫލުގެ ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވަމުން އައި ދަރިވަރެކެވެ. އެގޮތުން އޭނާ އަކީ އެ ސްކޫލުގެ އީއެލްއޭގެ ނައިބު ރައީސްކަން ވެސް ކުރަމުން އައި ދަރިވަރެވެ. ޝަޒްފާގެ ކުއްލި ވަކިވުމާ ގުޅިގެން ސްކޫލުން ވަނީ ފުން ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.
ޝަޒްފާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު އެވެ.
