ފަސާދާގައި ހަލާކުވަނީ، ނިތާއި ހިތާ ކިލާވެދަނީ

   ބަޝާރަތު ގެއްލިގެން އެދަނީ، މުޅިން ހިތްތައް ފަސާދަ ވަނީ

 

އަސަރު ނެތިގެން މުޅިން އެދަނީ، ދޮގާ މަކަރުގަ މުޅިން އުޅެނީ

   މަސައްކަތުގައި ނުބައި މަގުތައް، މުޅިންހެން އިހްތިޔާރު ވަނީ

 

ޖަސަދު ތެރެއިން ނުބައިނުލަފާ، އަސަރުނެރެގެން މުޅިން އުޅެނީ

   ޖަސަދު ބޭރުން އޮމާން ކޮށްގެން، ކިލަނބު އީމާން ވެގެން އެދަނީ

 

ހަސަދަ ފިތުނައިގެ އަލިފާނުން، މި ދުނިޔޭގައި އަނދާ ރޯކޮށް

  ނަސަބު ލޭގައި އެވާ ގުޅުމާ، ގުޅުންތައް މުޅި ކަނޑާ އެލަނީ 

 

ފަސާދާގައި ހަލާކުވަމުން، ރަށާ ގޯއްޗާ މަގޭ ނަސަބާ

   އަސާސީކޮށް ބުނާނަމައީ، މަގޭ ގައުމާ މި ބިމުގެ ވަޔާ