ނިމިިދިޔަ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފެށިގެން ކޮންމެ އަހަރަކު އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މިއަހަރުގެ ފައިސާ މީޑިއާތަކަށް ދޫކޮށްފިއެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން، ޝަރުތު ހަމަވާ 40 މީޑިއާއަކަށް ފައިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން މި 40 މީޑިއާއަށް ޖުމްލަ 27،295،532.69 (ހަތާވީސް މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ފަސްސަތޭކަ ތިރީސް ދެ ރުފިޔާ ފަސްދޮޅަސް ނުވަ ލާރި) ވަނީ ދީފައެވެ.

މި ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގޮސްފައިވަނީ މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު ޔޫތު މިނިސްޓްރީއަށް އެންގުމުން، އެ މިނިސްޓްރީން މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް އެފަރާތްތަކުގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްދިނުމުގެ އުސޫލުންނެވެ.

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މިފަދަ މާލީ އެހީތެރިކަމެއް ދޭން ފެށުމުގެ މައިގަނޑު މަގުސަދަކީ، އަމިއްލަ މީޑިއާތައް ބާރުވެރިކުރުވައި، ރާއްޖޭގައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމަށް ދެވޭ އެހީއެކެވެ.