މޯލްޑިވްސް ޓުރޭޑް ޔޫނިޔަން ކޮންގްރެސް (އެމް.ޓީ.ޔޫ.ސީ)އިން އައި.އެލް.އޯ ގެ ފަރާތުން ބާއްވާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ކޮންފަރެސްގައި ބައިވެރިވެއްޖެއެވެ. މިއީ މި ކޮންފަރެންސް ގެ 109 ވަނަ ބައްދަލުވުމެވެ. ރާއްޖޭގެ ފަރާތުން މި ކޮންފަރެންސްގައި ބައިވެރިވެޑައިގެން، ތަގުރީރު ކުރެއްވީ ޓީމުގެ ޖެނެރަލް ސެކްރަޓަރީ އަދި އެމް ޓީޔޫސީގެ ރައީސް މައުރޫފް ޒާކިރެވެ.
މި ކޮންފަރެންސްގައި ވަނީ ދިވެހިރާއްޖޭގެ މަސައްކަތްތެރިން ތަމްސީލްކޮށް، ރާއްޖޭގެ މަސައްކަތްތެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮއްފައެވެ. އެގޮތުން ކޮވިޑުގެ މި އާލަމީ ވަބާ ރާއްޖެއަށް އައުމަށްފަހުގައި ދިވެހި މަސައްކަތްތެރިން ބިކަވެގެންދިޔަކަން ވަނީ ފާހަގަކުރައްވާފައެވެ. މި ދަނޑިވަޅުގައި އެންމެ ބުރަ މަސައްކަތްތައް ކުރަމުން ދިޔަ މަސައްކަތްތެރިންގެ އަގު ވަޒަންނުކުރެވި، އެ މަސައްކަތްތެރިންގެ ގިނަ ހައްގުތަކެއް ގެއްލިފައިވާ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން ރިސޯޓުތަކުން ވަކިކޮށްފައިވާކަމާއި، މަސައްކަތްކުރާ ވަގުތު ގިނަވެ، އާމްދަނީ އެތަށް ތަނަކުން ދަށްވެ ނިކަމެތިވެފައިވާކަމަށް އެ ތަގުރީރުގައި ވަނީ އަލިއަޅުވާލާފައެވެ.
މައުރޫފް އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަން އިއާދަ ވަމުން އަންނައިރު ރިސޯޓުތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ލައްވާ މިހާރު ތިން ހަތަރު ޒިންމާ އުފުލަންވެސް ޖައްސާ ކަމަށެވެ. އަދި މިކަން ކަމަށް ހައްލު ނުލިބެނީ ޔޫނިޔަންތަށް ހެދުމާއި ކަލެކްޓިވް ބާގެއިނިން ފަދަ އަސާސީ ހައްގުތަށް މިރާއްޖޭގައި ނެތުމުން ކަމަށެވެ. ހަމަ އެއާއި އެކު އިންޑަސްޓްރިއަލް ރިލޭޝަންގެ ގާނޫނު ވުޖޫދަށް ގެނައުމަށާއި ޓްރޭޑް ޔޫނިއަންގެ ހައްގުތައް ރާއްޖޭގައި ލިބިދެވެންވާނޭކަމަށެވެ. އަދި މިނިމަމްވޭޖު އަވަސްކޮށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ތަންފީޒުކުރުމަށްވެސް ގޮވާލާފައި ވެއެވެ.
މީގެއިތުރުން ކޮވިޑުގެ އާލަމީ ވަބާގައި ހުރިހާ މަސައްކަތްކެރިން ކުރަމުންގެންދާ ބުރަ މަސަައްކަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
