މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ) އިން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.


މި މައްސަލައާ ގުޅިގެން އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްޙާން (30އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ސިރްޙާންގެ އިތުރުން މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ މީހުންނަކީ:

ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ) - ގއ. ވިލިނގިލި، ބިނާ
އަޙްމަދު މާޙިދު (44އ) - ތ. ވިލުފުށި، އެހީވާގެ
ޢަލީ އަފްޒަލް (21އ) - ސ. ހިތަދޫ، ވަށަގުލިމާގެ
މާޒިން މޫސާ (25އ) - ލ. މާވަށް، ރޭޝަމް
އަޙްމަދު ރައިހާން ނަޢީމް (20އ) - މާލެ، މ. ކޯރަސް
އިބްރާހީމް އަނޫފް (24އ) - ކ. ގުރައިދޫ، އަޅިވިލާގެ
ޙުސައިން ޝަހުދު (30އ) - ކ. ގުރައިދޫ، އަޅިވިލާގެ

އެއާޕޯޓްގައި ހިނގި މި ފޭރުމުގެ މައްސަލައިގައި މިހާތަނަށް ޖުމްލަ 8 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.