ފުޅާދާއިރާއެއްގައި ވޭޕުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފުލުހުންނަށް މިއަދު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖްއާއި، ވޭޕް އަދި ޕޮޑްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފައެވެ.
މި މައްސަލަ އާ ގުޅިގެން ނުހާމް މުޙައްމަދު ޝިޔާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖޭގައި ވޭޕް ކުރުމާއި ވޭޕްގެ އާލާތްތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ދަނޑިވަޅެއްގައި، މިފަދަ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.
