ޕަންޖާބީ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ މެންޑީ ތައްކަރް އޭނާގެ ފިރިމީހާ ޝޭކަރް ކޯޝަލް ގާތުން ވަރިވާން ކޯޓަށް ހުށަހަޅައިފި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ވަރިއަކީ ދެމީހުން ވެސް އެއްބަސްވެގެން ނުވަތަ "މިއުޗުއަލް" ކޮށް ކުރިއަށް ގެންދާ ކަމެކެވެ.
މެންޑީ އާއި ޝޭކަރް ކައިވެނިކުރީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ސިކުންގެ ސަގާފަތާ އެއްގޮތަށް ކުލަގަދަކޮށް ބޭއްވި މި ކައިވެނި ނިމުމަކަށް މި އަންނަނީ ކައިވެންޏަށް އަހަރެއް ވެސް ނުވަނީހެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެމީހުން ވަކިވާން ނިންމީ ހިޔާލު ތަފާތުވުންތައް ބޮޑުވެ، އެކުގައި ދިރިއުޅެން ދަތިވުމުންނެވެ. އަދި ދެ ފަރާތުން ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބު ނުވުމުން ސުލްހަވެރިކަމާއެކު ވަކިވާން ނިންމީ ކަމަށް ވެއެވެ.
![]()
މި ޚަބަރު ފެތުރިފައިވާއިރު، މެންޑީ ވަނީ އޭނާގެ އިންސްޓަގްރާމް އަދި ސޯޝަލް މީޑިއާ އެކައުންޓްތަކުން ކައިވެނީގެ ފޮޓޯތައް ވެސް ނަގާފަ އެވެ. ނަމަވެސް ވަރިއާ ގުޅޭގޮތުން ރަސްމީކޮށް އޭނާ އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
އިނގިރޭސިވިލާތަށް އުފަން މެންޑީ ތައްކަރް އަކީ "މިރުޒާ: ދަ އަންޓޯލްޑް ސްޓޯރީ" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ހުނަރުވެރި ފަންނާނެކެވެ.
