މީހާގެ މުޅި ދުވަހުގެ މޫޑު ނުވަތަ ނަތީޖާ ބިނާވެފައި އޮންނަނީ އެ ދުވަހެއް ފަށާ ގޮތެއްގެ މައްޗަށެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންނާއި، އެތުލީޓުން އަދި ލީޑަރުންގެ ދިރިއުޅުމަށް ބަލާލައިފިނަމަ، އެމީހުންގެ ކާމިޔާބީގެ ފަހަތުގައި ވަރުގަދަ "މޯނިންގ ރޫޓިން" އެއް ނުވަތަ ހެނދުނުގެ އާދަތަކެއް ވާކަން ފާހަގަކުރެވޭނެ އެވެ.
ދުވަސް ފަށަން އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައި ހެއްޔެވެ؟
1. ހެނދުނު ހޭލުން: އެޕަލްގެ ސީއީއޯ ޓިމް ކުކް އިން ފެށިގެން ގޮސް ދުނިޔޭގެ މަޝްހޫރު ލިޔުންތެރިން ވެސް ހެނދުނު ހޭލުމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ފަތިހު ހޭލުމުން ދުނިޔެ ހަލަބޮލިވުމުގެ ކުރިން އަމިއްލަ ނަފްސަށް ވަގުތު ލިބެ އެވެ. މިއީ އެއްވެސް މީހެއްގެ އުނދަގުލެއް ނެތި، ވިސްނުން ތަރައްގީކޮށް ދުވަހަށް ތައްޔާރުވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
2. ފޯނާ ދުރުވުން: ގިނަ މީހުންނަށް ހޭލާ ގޮތަށް އެންމެ ފުރަތަމަ ވެސް ބަލާލެވެނީ ފޯނަށެވެ. ނަމަވެސް ކާމިޔާބު މީހުން ދުވަސް ފަށަނީ "ރިއެކްޓިވް" ކޮށެއް ނޫނެވެ. ހޭލާ ގޮތަށް ސޯޝަލް މީޑިއާ ނުވަތަ އީމެއިލް ބަލާނަމަ، ސިކުނޑި ހާސްކަމުގެ ތެރެއަށް ވެއްޓެ އެވެ. އޭގެ ބަދަލުގައި ފުރަތަމަ 30 މިނެޓު ފޯނާ ދުރުގައި ހޭދަކޮށްލާށެވެ.
3. ފެން ތަށްޓަކުން ހަށިގަނޑު ހޭލައްވާލުން: ނިދާފައި އޮންނައިރު ހަށިގަނޑު އޮންނަނީ ފެނަށް ޖެހިފަ (ޑީހައިޑްރޭޓް ވެފަ) އެވެ. އެހެންކަމުން ހޭލާ ގޮތަށް ކޮފީއެއް ބުއިމުގެ ކުރިން ފެން ތަށްޓެއް ބޯލުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްކޮށްދީ، ސިކުނޑި ތާޒާކޮށްދޭ ކަމެކެވެ.
4. ކަސްރަތު ނުވަތަ ހަރަކާތްތެރިވުން: މިއީ ކޮންމެހެން ޖިމަކަށް ގޮސް ބުރަކޮށް ކުރަންޖެހޭ ކަމެއް ނޫނެވެ. ގޭގައި ކުޑަކޮށް ސްޓްރެޗް ކޮށްލުން ނުވަތަ ހިނގާލަން ދިއުން ފަދަ ކަމަކުން ވެސް ފުދޭނެ އެވެ. ހެނދުނު ކަސްރަތު ކުރުމުން ހަށިގަނޑުގައި އުފެދޭ "އެންޑޯފިންސް" ގެ ސަބަބުން މުޅި ދުވަހު މީހާ ހުންނާނީ އުފާވެރިކޮށް، ހަކަތައާ އެކުގަ އެވެ.
5. ދުވަހުގެ ޕްލޭން ހެދުން: އެ ދުވަހަކު ކުރަންޖެހޭ އެންމެ މުހިންމު 3 ކަންތައް ނޯޓުކޮށްލާށެވެ. މީގެ ސަބަބުން ދުވަހުގެ މިސްރާބު ގެއްލި، ބޭކާރު ކަންކަމުގައި ވަގުތު ހޭދަވުމުން ދުރުކޮށްދެ އެވެ. ކާމިޔާބު މީހުންނަކީ ދުވަސް ފެށުމުގެ ކުރިން އެ ދުވަހުގެ ތާވަލު އެނގޭ މީހުންނެވެ.
މި އާދަތައް އެއްފަހަރާ ފަށަން އުނދަގޫ ވެދާނެ އެވެ. އެހެންކަމުން މިއިން ކޮންމެވެސް އެއްކަމަކުން ފަށައިގަނެ، ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން މިއަދު އަޒުމް ކަނޑައަޅާށެވެ.
