އިންޑިޔާގައި ބްލެކް ފަންގަސް ބަލި ފެތުރެމުންދަނީ ކަންބޮޑުވާ މިންރަކަށްކަމަށް އެގައުމުގެ ސިއްހަތާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ސިއްހަތާބެހޭ ވަޒީރު، ހަރުޝް ވަރުދަން ވިދާޅުވީ ބުލެކްފަންގަސް ޖެހޭ މީހުންގެ ޢަދަދު އިންޑިއާގެ ސްޓޭޓްތަކުގައި ވަރަށް ބޮޑަށް އިތުރުވަމުންދާކަމަށާ އެއީ ކަންބޮޑުވުމެއް ކަމުގައެވެ. މިހާތަނަށް އަށާވީސް ހާހަށްވުރެ ގިނަމީހުންނަށް އެބަލި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ދައްކާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަމުން ގެންދާކަމަށްވެސަ އޭނާ ވިދާޅުވިއެވެ.

މިޔުކޯމައިކޯސިސް ނަމަކަށް ކިޔާ މިބައްޔަށް އާންމު ބަހުން ކިޔަނީ ބްލެކް ފަންގަސް އެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ބްލެކްފަންގަސް ޖެހޭމީހުންގެ ތެރެއިން ގިނަ މީހުންނަކީ ހަކުރުބަލި ހުންނަ މީހުންނާއި ކޮވިޑް ޖެހި ރަނގަނޅުވެފައިވާ މީހުންކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ބްލެކްފަންގަސްއާ ބެހޭ ދިރާސާތައް ބުނާގޮތުން އެބަލި ޖެހުމުގެ ފުރުސަތު ބޮޑީ ދިފާއީ ނިޒާމު ބަލިކަށިމީހުންނަށެވެ. 

އިންޑިޔާގެ ރިޕޯޓުތައް ބުނާގޮތުން އެގައުމުގެ ސްޓޭޓްތަކުގެ ތެރެއިން ބްލްކްފަންގަސް ފެތުރޭ މިންވަރު އެންމެ ގިނައީ މަހާރަޝްޓްރާ ގައެވެ. ދެވަނައަށް ގުޖުރާތުގައެވެ. ތިންވަނައަށް މަދްޔާ ޕުރަދޭޝްގައެވެ. އެއަށްފަހު އުއްތަރަ ޕްރަދޭޝް އާއި ރާޖަސްތާން، ހަރިޔާނާ، ކަރުނާޓަކާ، ދިއްލީ، އަދި އަންދުރަ ޕުރަދޭޝްއެވެ.

އިންޑިއާގެ ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި އެގައުމުގައި ކޮވިޑް ފެތުރުމުގެ ކުރިންވެސް ބުލެކްފަންގަސް ޖެހިފައިވާ މީހުން ތިއްބެވެ. ނަމަވެސް އެބަލި ބޮޑަށް ފެތުރިގެންދިޔައީ މީގެ ދެމަސްކުރިން އިންޑިއާއިން ފެނުނު ކޮވިޑްގެ އިންޑިއަން ވޭރިއަންޓްގެ ސަބަބުން އާދަޔާ ޚިލާފަށް ކޮވިޑް ފެތުރެން ފެށިފަހުންނެވެ. ބްލެންފަންގަސް އަކީވެސް ވަރަށް ފަސޭހައިން ގައިން ގަޔައަށް އަރާ ނުރައްކާތެރި ބައްޔެކެވެ.