ދިރާގުގެ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ސްޕީޑްބޯޓު ލިބޭ ނަސީބުވެރިޔާ ހޮވައި، އެކަން އިއުލާނުކޮށްފިއެވެ. މި އަގުހުރި އިނާމު ކާމިޔާބުކުރި ނަސީބުވެރިޔަކީ ކ. މާލެ، އަބްދުﷲ ސައީދުއެވެ.

މި ނަސީބުވެރިޔާ ހޮވާފައިވަނީ ހުޅުމާލެ ފޭސް 2 ގައި އޮންނަ ދިރާގު ބީޗުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. ދިރާގުގެ މޮބައިލް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގުނު ގުރުއަތުން އަބްދުﷲ ސައީދުއަށް ލިބިފައިވަނީ "އަލް ޝާލީ މެރިން ކެނެރީ 28" މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. މި ލޯންޗާއެކު ޔަމަހާ ބްރޭންޑްގެ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އޭނާއަށް ލިބޭނެއެވެ.

މި ގުރުއަތު ނެގުމުގެ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި "ނެކްސާ މޯލްޑިވްސް" ވަނީ ހަރަކާތްތެރިވެފައެވެ. އެފަރާތުން ވަނީ ގުރުއަތު ނެގުމުގެ ހުރިހާ މަރުހަލާއެއް ގާތުން ބަލައި ކަށަވަރުކޮށްފައެވެ.

ގިނަ ބަޔަކު އިންތިޒާރުކުރި މި ހަފްލާގައި ޑީޖޭ މީކާގެ މިއުޒިކާއި ރޮބޯމޭންގެ ފޯރިގަދަ ހުށަހެޅުންތައް ފެނިގެންދިޔައެވެ. މި އިވެންޓް ވަނީ ޓީވީއެމް، އެސްއެސްޓީވީ އަދި ދިރާގުގެ ފޭސްބުކް އާއި ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށްފައެވެ.