ނިދުމަކީ އިންސާނާގެ ހަށިގަނޑާއި ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް، ބައެއް ރޭރޭ އެނދަށް އަރާ އޮންނައިރު ނިދި ނައިސްގެން ނުވަތަ ނިދަން އުނދަގޫވެގެން އުޅެންޖެހޭ ފަހަރު އާދެއެވެ. މިފަދަ ހާލަތްތަކުގައި، އެއްވެސް ބޭހަކާ ނުލައި ގުދުރަތީ ގޮތުން ނިދި ގެނައުމަށްޓަކައި ކުރެވިދާނެ ވަރަށް ފަސޭހަ އަދި އަޖުމަބަލާލެވިފައިވާ ކަމެއް އޮވެއެވެ. އެއީ ތިމާގެ ލޮލުގެ އެސްފިޔަތަކަށް ދޭ ކުޑަ ކަސްރަތެއްގެ އެހީގައި ސިކުނޑި މަސަލަސްކޮށްލުމެވެ.

އެގޮތުން، ނުނިދިގެން އުޅޭނަމަ އެއް މިނެޓު ވަންދެން މެދުނުކެނޑި ވަރަށް އަވަސް އަވަހަށް ލޮލުގެ އެސްފިޔަ ޖަހަމުން ގެންދާށެވެ. މިގޮތަށް އަވަސް އަވަހަށް އެސްފިޔަ ޖެހުމުގެ ސަބަބުން ލޮލުގެ މަސްތައް ވަރުބަލިވެ، ސިކުނޑިއަށް ނިދަންވީ ކަމުގެ އިޝާރާތެއް ލިބިގެންދެއެވެ. އެއް މިނެޓު ހަމަވާއިރު، ލޮލަށް ބަރުވެ، މަޑުމަޑުން ލޯ މެެރި އިސާހިތަކު ނިދިދާނެއެވެ. މިއީ ނިދި ނައިސްގެން އުޅޭ ވަގުތުތަކުގައި ލޮލަށް އަރާމުދީ، އަވަހަށް ނިދުމަށް އެހީތެރިވެދޭނެ ވަރަށް ފަސޭހަ އަދި ކާމިޔާބު އުކުޅެކެވެ.