ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ހާން، އޭނާގެ ލޯބިވެރިޔާ ގޯރީ ސްޕްރެޓްއާ އެކު ދިރިއުޅެން ފަށަން ނިންމައިފިއެވެ. މިކަން ހާމަކުރަމުން އާމިރު ބުނެފައި ވަނީ ރަސްމީކޮށް ކައިވެނި ނުކުރި ނަމަވެސް، އޭނާ ހުރީ ގޯރީއާ އެކު "ހިތާ ހިތުން" ކައިވެނިކޮށްގެން ކަމަށެވެ.
މިއީ އާމިރުގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުން ފަހަކަށް އައިސް ދެއްކި އެންމެ ހާމަކަން ބޮޑު ވާހަކައެވެ.
އިންޓަވިއުއެއްގައި ވާހަކަދައްކަމުން އާމިރު ބުނީ، "ކައިވެނި ރަސްމީކޮށް ރަޖިސްޓްރީ ކުރުމާއި ނުކުރުމަކީ އޭނާއަށް މުހިންމު ކަމެއް ނޫން،" ކަމަށެވެ. "އެންމެ މުހިންމު ކަމަކީ ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން،" ކަމަށާއި، "ހިތުގެ އަޑިން އޭނާ ގަބޫލުކުރަނީ ގޯރީއަކީ އޭނާގެ އަނބިމީހާ،" ކަމުގައި ކަމަށް އާމިރު ފާހަގަކުރިއެވެ. އަދި ދެ މީހުން އެކުގައި ދިރިއުޅެން ނިންމީ އެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކަމަށް ވެސް އޭނާ ބުންޏެވެ.
އާމިރު މިހެން ބުނެފައިވާއިރު، އޭނާ މީގެ ކުރިން ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. އެއީ ރީނާ ދައްތާއާއި ޕްރޮޑިއުސަރު ކިރަން ރާއޯއާ އެކުގައެވެ. މި ދެ ކައިވެނި ވެސް ވަނީ ރޫޅިފައެވެ. އުމުރުން 50 ގެ އަހަރުތައް ގުނަމުންދާ އާމިރު މިހާރު ތައްޔާރުވަމުން ދަނީ ގޯރީއާ އެކު އާ ދިރިއުޅުމެއް ފެށުމަށެވެ.
