ލޮކްޑައުން ތެރޭގައި ޒޫމް މެދުވެރިކޮށް ވާހަކަ ދައްކަމުން އައި ޒުވާން ދެ އެކުވެރިންނަށް ލޯބިވެވިއްޖެއެވެ. އިމީ އާއި ޓޮމް އަކީ އެއްްޔުނިވަރސިޓީއެއްގައި ކިޔެވި ދެމީހުން ކަމުގައިވިޔަސް އެކުވެރިކަން ނޫން އިތުރު ގުޅުމެއް ދެމީހުންގެ މެދުގައި ނޯންނަކަމަށް އިމީ ހާމަ ކުރިއެވެ. އިމީ ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އިމީގެ 64 އަަހަރުގެ ބައްޕަ މަރުވުމާއިއެކު އޭނާގެ ހަޔާތް ވަރަށް ބޮޑަށް އެކަނިވެރިވިއެވެ.

އަދި އެވަގުތު އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އޭނާއާއި އެކުވެރިކަން އޮންނަ ޓޮމްއެވެ. ޓޮމްވަނީ މިހިތާމަވެރި ވަގުތު އިމީގެ އިހުސާސްތައް އަޑުއެހުމަށް އެތައް ވަގުތެއް އިމީއަށް ދީފައެވެ. އިމީ ހާމަ ކުރިގޮތުގައި ލޮކްޑައުންތެރޭގައި މުއާމަލާތް ކުރުމަށް ޒޫމް ބޭނުންކުރުން އާންމުވެފައިވުމުން އޭނާ ޒޫމްއިން ޓޮމްއަށް ވާހަކަ ދައްކަން ބޭނުންވީކަމަށެވެ. އަދި އެދެމީހުންގެ ފުރަތަމަ ޒޫމްކޯލް 2 ގަޑިއިރަށް ދެމިގެން ދިޔަކަމަށް އޭނާވަނީ ހާމަކޮށްފައެވެ. އަދި އެއަށްފަހު އެދެމީހުންގެ ހުރިހާ ޑޭޓްތަކެއް ކުރިއަށްގެންދިއައީ ޒޫމް މެދުވެރިކޮށް ކަމުގައި އިމީ ވަނީ ހާމަކޮށްފައެވެ. އެކުގައި ފިލްމު ބެލުމާއި ދެމީހުން ކައްކައިގެން އެއްވަގުތެއްގައި ޒޫމްއިން ވާހަކަ ދައްކަމުން ކެއުން މިއީ އެދެމީހުން ލޮކްޑައުންގައި ވަގުތު ހޭދަކުރިގޮތެވެ. ޓޮމް މިގުޅުމަށް ދީފައިވާ ނަމަކީ " އައިސޮލޭޝަންށިޕް" ކަމަށް އިމީ ވަނީ ބުނެފައެވެ.

އިމީ ހާމަކަ ކުރިގޮތުގައި މިގޮތަށް ޒޫމްއިން ލޯބިވެ ގުޅުން ބަދަހިވުމުން ދެމީހަކު ލޯބިވެ އެކުގައި އުޅެން ކޮންމެހެން ޖިސްމާނީގޮތުން ކައިރި ވާން ނުޖެހޭނެކަން އޭނާއަށް ވިސްނުނެވެ. އަދި ލޮކްޑައުންއަކަށް ނުދިޔަނަމަ އިމީ އާއި ޓޮމްއަށް ލޯތްބަކީ ކޮބައިކަން ނޭގުން އެކަށީގެންވާކަމަށް އިމީ ވަނީ ބުނެފައެވެ.