ވާލަކީ އޭގެ ދިރިއުޅުމުގެ އާދަތަކާއި ހަށިގަނޑު އުފެދިފައިވާ ގޮތުން ވަރަށް ތަފާތު އަދި އަޖައިބު ކުރުވަނިވި ޖަނަވާރެކެވެ. އާންމުކޮށް ގަސްގަހާގެހީގައި ފައިން އެލިގަނެގެން ބޯ ތިރިއަށް ޖަހައިގެން އުޅޭ މި މަޚްލޫޤު، އޭގެ ދަރިފުޅު މިދުނިޔެއަށް އުފަންކުރަނީވެސް ހަމަ މިފަދައިން އެކޮޅުކޮޅުން އެލިގަނެގެން އޮވެއެވެ. ގިނަ ޖަނަވާރުތައް ބިންމަތީގައި އޮވެ ވިހާއިރު، ވާލު އެކޮޅުކޮޅުން އޮވެ ވިހެއުމަކީ ގުދުރަތީ ގޮތުން އެ އެއްޗަށް ލިބިފައިވާ ވަރަށް ޚާއްޞަ ސިފައެކެވެ.
ވިހާ ވަގުތު ދަރިފުޅު ބަނޑުން ބޭރުވުމާއެކު، ބޯ ތިރިއަށް ޖެހުމުގެ ސަބަބުން ދަރިފުޅު ބިމަށް ވެއްޓިދާނެކަމުގެ ބިރު އޮވެއެވެ. ނަމަވެސް، މި ނުރައްކަލުން ދަރިފުޅު ސަލާމަތް ކުރުމަށްޓަކައި މައި ވާލު އޭގެ ފިޔަގަނޑު ބޭނުންކުރެއެވެ. ދަރިފުޅު ބަނޑުން ބޭރުވާ ސިކުންތުގައި، މައި ވާލު އޭގެ ފިޔަގަނޑު އެތެރެއަށް ލަންބާލައި، ދަރިފުޅު ވެއްޓުނަނުދީ ފިޔަގަނޑުގެ ތެރެއަށް ހިފަހައްޓައިގަނެއެވެ. މިއީ ޚާލިޤުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ މަޚްލޫޤަކަށްމެ އެ އެއްޗެއްގެ ދިރިއުޅުމަށް ބޭނުންވާ ފުރިހަމަ ނިޒާމުތައް މިންވަރުކުރައްވާފައިވާ ކަމުގެ ފުރިހަމަ މިސާލެކެވެ.
