ދުނިޔޭގެ އެންމެ މުއްސަނދި އެއް އާއިލާ ކަމަށްވާ އަމްބާނީ އާއިލާގެ ޅީދަރި، ރާދިކާ މާޗެންޓް ޗުއްޓީ ހޭދަކުރެއްވުމަށް ރާއްޖެ އައިއިރު، އޭނާ ލައިގެން ހުރި ހެދުން ސިމްޕަލް ނުވަތަ އާދައިގެ ކަމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. 

ފިރިމީހާ އަމްބާނީއާ އެކު ޕްރައިވެޓް ޖެޓެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބިއިރު، ރާދިކާ ހުރީ ވަރަށް "ކެޝުއަލް" ކޮށެވެ. އޭނާ ލައިގެން ހުރީ ކްރިސްޓިއަން ޑިއޯ ބްރޭންޑުގެ ހުދު ކުލައިގެ ޓީޝާޓަކާއި ކްރީމް ކުލައިގެ ޖޮގާ ޕޭންޓެކެވެ. މީގެ އިތުރުން ކަޅު ކުލައިގެ ތޮތްޕެއް އަޅުއްވައި، މޭކަޕް ވެސް ބޭނުންކޮށްފައި ވަނީ ވަރަށް މަދުންނެވެ.

މަހުޖަނެއްގެ އަންހެނުން ނަމަވެސް، ދަތުރުމަތީގައި ފަސޭހަ ހެދުމެއް އިޚްތިޔާރުރި ނަމަވެސް، އެ މީހުންގެ އާދައިގެ ދަތުރުއެނޫނެވެ. ރާއްޖެ އައީ "ބޯއިން 737" މަރުކާގެ ޕްރައިވެޓް ޖެޓެއްގައެވެ. އަދި ސެކިއުރިޓީ ބެލެހެއްޓުމަށް 50 ގާޑުން ހަރަކާތްތެރިވިއެވެ.

މި ދެމަފިރިން ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓު ކަމަށްވާ "ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީ" ގައެވެ.