މާލޭ ސިޓީގައި ރޭގަނޑުގެ ވަކިވަގުތެއްގައި އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެޗްއީއޯސީ އިން ބުނީ މާދަމާރެއިން ފެށިގެން މާލެ ސަރަޙައްދުގައި ރޭގަނޑު 8 ން ފަތިހު ފަހަކަށް އެއްގަނމު އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ.

ފުލުހުން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށާއި އެކަން ތަންފީޒު ކުރުމަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ފުރަތަމަ ދޭނީ ނަސޭހަތް ކަމަށާއި ތަކުރާރުކޮށްފި ނަމަ، ޖޫރިނަމާ ކުރާނެ ކަމަށެވެ. އަދި އެކަން އިތުރަށް ތަކުރާރުކުރާނަމަ، އުޅަނދު ޓޯ ކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އުޅަނދު ދޫކުރާނީ ޖޫރިމަނާގެ ފައިސާ ދެއްކުމުން ކަމަށާއި ޖޫރިމަނާ ކުރާނީ އެއްހާސް ރުފިޔާއިން ކަމަށެވެ.